-Advertisement-

-Advertisement-

އިޒްރޭލަށް ހަތިޔާރު ފޯރުކޮށް ނުދޭން ގޮވާލައިފި

އިޒްރޭލުން ޣައްޒާގެ ހޮސްޕިޓަލުތަކަށް ހަމަލާ ދީ ފަރުވާ ހޯދޭނެ ގޮތެ ވަނީ ނެތިފައި --

އެމެރިކާ އިން އިޒްރޭލަށް ހަތިޔާރު ފޯރުކޮށް ނުދޭން އެމެރިކާގެ ގާނޫނު މަޖިލީހުގެ ކުރީގެ ރައީސް އަދި ޑިމޮކްރެކްޓްސް އަށް ނިސްބަތްވާ ނޭންސީ ޕެލޯނީ،ރައީސް ޖޯ ބައިޑެން އަށް ގޮވާލައްވައިފި އެވެ.

އޭނަ ވިދާޅުވީ އެމެރިކާ އިން އިޒްރޭލަށް ހަތިޔާރު ފޯރުކޮށް ދެމުންދާ ނަމަ އެކަމަކީ އެ ގައުމުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކަށް ދެވޭ އެހީއެއްކަމުން އެމެރިކާ އިން އެކަން ހުއްޓައިލަން ޖެހޭ ކަމަށާއި އެމެރިކާ މިކަމުގައި މިހާރު އެންމެ އިސްކޮށް އަދާކުރަންވީ ދައުރަކީ އިޒްރޭލުގެ އަނިޔާވެރި އަމަލުތައްހުއްޓުވަން ބާރު އެޅުން ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ސެކްރެޓަރީ އެންތަނީ ބްލިންކެން އަށް ޕެލޯސީ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އިޒްރޭލުގެ ހަމަލާތަކުގައި މިހާރު އިންސާނީ އެހީ ފޯރުކޮށްދޭފަރާތްތަކަށް ވެސް ހަމަލާދީ މަރާލަމުންދާ ކަމަށާއި ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުން ކަމަށެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުން ދަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެންނެވެ. މި ހަމަލާތަކަށް ހަ މަސްވެފައިވާއިރު، ފަލަސްތީނުގެ 33،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 70،000 އަށް ވުރެ މީހުން ޒަހަމްވެ، އެތައް މިލިއަން ބަޔަކު ތިބީ އިންސާނީ ބޮޑުކާރިސާއެއްގެ ތެރޭގަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-