-Advertisement-

-Advertisement-

60,000 ފަލަސްތީނު ރައްޔިތުން އަލް އަޤްޞާގައި ޢީދު ނަމާދު ކުރި

ޢީދު ނަމާދު އަލް އަޤްޞާ އިން – ފޮޓޯ: އަލްޖަޒީރާ

60,000 ފަލަސްތީނު ރައްޔިތުން އަލް އަޤްޞާ މިސްކިތުގައި މިއަދު ޢީދު ނަމާދު ކޮއްފައިވެއެވެ.

ޔަހޫދީ ސިފައިންއިން ގުދުސްގެ ބޮޑު ބައެއް ބަންދުކޮށް އަޤްޞާ މިސްކިތަށް މީހުން ވަދެ ނުކުތުމަށް ހުރަސް އަޅަމުން ދިޔަ ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ވަނީ ޢީދު ނަމާދު ކުރުމަށް އަލް އަޤްޞާ މިސްކިތަށް ޖަމާވެފައިއެވެ. ފަތިސް ނަމާދު ވަގުތުން ފެށިގެން ފަލަސްތީނު ރައްޔިތުން ދިޔައީ އީދު ނަމާދު ކުރުމަށް އެކި ސަރަހައްދުތަކުން ގުދުސްއަށް އައިސްފައިއެވެ.

ގުދުސްގެ އިސްލާމިކް އެންޑޯމެންޓްސް ޑިޕާޓްމަންޓުން ބުނެފައިވަނީ ޢީދު ނަމާދަށް އަލް އަޤްޞާ މިސްކިތަށް އައި އެތެއް ބަޔަކަށް ޔަހޫދީ ސިފައިން ވަނީ އަނިޔާ ކޮއްފައިއެވެ. އަދި މިސްކިތަށް ވަނުމަށް ހުއްދަ ނުދީފައިއެވެ.

ޢީދު ނަމާދު އަލް އަޤްޞާ އިން – ފޮޓޯ: އަލްޖަޒީރާ

ޢީދު ނަމާދު ވަގުތު ވެފައިވަނީ ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތަކަށެވެ. ނަމަވެސް އެތައް ހާސް މީހުން އަލް އަޤްޞާއަށް ނުވަދެވި ވާރޭގައި ގުދުސްގެ މަގު ތަކުގައި ވަނީ ޢީދު ނަމާދު ކޮއްފައިއެވެ.

އަލް އަޤްޞާގެ އިތުރުން ދެކުނު ޣައްޒާގެ ރަފާގައިވެސް އެތައް ބަޔަކު ވަނީ ޢީދު ނަމާދު ކޮއްފައިއެވެ. ރަފާގައި ޢީދު ނަމާދު ނިމުމަށް ފަހު އަލް ޖަޒީރާއަށް ވާހަކަ ދެއްކި ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ އަމާނީ މަންޝޫރު ބުނެފައިވަނީ މިއީ ހިތާމަވެރި ޢީދެއް ކަމަށެވެ.

6 މަސް މެދުކެނޑުމެއް ނެތި އިސްރާއީލުން ޣައްޒާއަށް ދެމިންދާ ހަމަލާތަކުގައި މިހާތަނަށް 33,000 އަށްވިރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮއްލާފައިއެވެ. އަދި 76,000 އަށް ވިރެ ގިނަ މީހުނަށް ވަނީ އަނިޔާވެފައިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-