ގިނަ އިންވެސްޓްމަންޓް ތަކާއެކު އެލަން މަސްކު މިމަހު އިންޑިއާއަށް ދިއުމަށް ނިންމައިފިއެެވެ.
މި ނިންމުން އިއުލާން ކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ އިންޑިއާއަށް ކުރާ ދަތުރުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރާނެކަމަށެވެ.
އެލަން މަސްކަކީ ޓެސްލާ ކުންފުނީގެ ފައުންޑަރު އަދި ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުގެ ކުރީގައި ނަން ހިމެނޭ ފަރާތެކެވެ.
އެލަން މަސްކުގެ ދަތުރުގައި އޭނާ އިންޑިއާއަށް 2 ބިލިއަން ޑޮލަރުގެ އިންވެސްޓް ކުރުމަށް
ރާވައިފައިވާ އިރު ޓެސްލާ އުފައްދާ ފެކްޓްރީ އެއް އިންޑިއާގައި ގާއިމްކުރުމަށް އެންމެ ރަނގަޅު ސަރަހައްދެއް ބެލުމަށްވެސް ދަތުރުގައި ހިމެނޭކަމަށް ރިޕޯޓުތައްބުނެއެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އެމެރިކާގައި މޯދީ އާއި މަސްކު ވަނީ ބައްދަލުވުމެއް ބާއްވައި އިންޑިއާގައި އިންވެސްޓު ކުރެވިދާނެ ކަންކަމާއި އެގައުމުގެ އިންޕޯޓު އަދިއެކްސްޕޯޓު ގަވާއިދަށް ބަދަލު ގެނައުމާ ގުޅޭ މަޝްވަރާތައް ކުރިޔަށް ގެންގޮސްފައެވެ.