-Advertisement-

-Advertisement-

އީރާނާ ދެކޮޅަށް އިސްރާއީލުން ހަމަލާއެއް ދޭން ވައިގެ ސަރަހައްދު ހުޅުވާ ކޮންމެ ގައުމަކަށް ހަމަލާދޭނަން: އިރާން

Breaking News 2

އީރާނާ ދެކޮޅަށް އިސްރާއީލުން ހަމަލާއެއް ދޭން ވައިގެ ސަރަހައްދު ހުޅުވާ ކޮންމެ ގައުމަކަށް ހަމަލާދޭނެކަމުގެ އިންޒާރު އީރާނުން ދީފިއެވެ.

އީރާނުގެ ދިފާއީ ވަޒީރު ބްރިގޭޑިއާ ޖެނެރަލް މުޙައްމަދު ރިޒާ އަޝްތިޔާނީ ވަނީ, އީރާނަށް ހަމަލާ ދިނުމަށް އިސްރާއީލުން އީރާނަށް ހަމަލާދިނުމަށް އެއްވެސް ގައުމެއްގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދީފި ނަމަ އީރާނުން

އެ ގައުމަށް ހަމަލަ ދޭނެ ކަމަށް ވިދާޅުވެފައިއެވެ.

އިޒްރޭލަށް އަމާޒުކޮށް އީރާނުން ފޮނުވާލި ޑްރޯން އަދި މިސައިލް ހަމަލާތަކުގެ 99 ޕަސެންޓް ވައްޓާލައި ނާކާމިޔާބުކޮށްލާފައިވާ ކަމަށް އިޒްރޭލުންވަނީބުނެފައިއެވެ.

އިޒްރޭލުން ބުނި ގޮތުގައި އީރާން ހަމަލާއެއް އަސްކަރީ މަރުކަޒަކަށް އަމާޒުވެ އާދައިގެ ގެއްލުންތަކެއް ވެފައިވެ އެވެ. ހަމަލާތަކުގައި ޒަހަމްވީ ވެސް އެންމެ މީހެއް ކަމަށް ބުންޏެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް ވަނީ އީރާންގެ ހަމަލާތައް އިންޓަސެޕްޓުކޮށް ގާތްގަނޑަކަށް ހުރިހާ ހަމަލާއެއް ނާކާމިޔާބުކޮށްލުމުގައި އެމެރިކާއިން އެހީތެރިވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ބައިޑެން ވަނީ ޖީ7 ގެ ގައުމުތަކުގެ ބައްދަލުވުމެއް ބާއްވައި އީރާނާ މެދު ފިޔަވަޅު އަޅައި އަސްކަރީ އިތުރު ހަމަލާއެއް ނުދޭނެކަން ކަށަވަރު ކުރައްވަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-