-Advertisement-

-Advertisement-

‎ޖަޕާނުގެ މިލިޓަރީ ދެ ހެލިކޮޕްޓަރު ވެއްޓި ހަތް މީހުން ގެއްލިއްޖެ

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: އަލް ޖަޒީރާ

ޖަޕާނުގެ މިލިޓަރީ ދެ ހެލިކޮޕްޓަރު ވެއްޓި ހަތް މީހުން ގެއްލިއްޖެއެވެ.

ޖަޕާނުގެ ޑިފެންސް މިނިސްޓަރު މިނޮރޫ ކިޔާރާ ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު މިލިޓަރީ ތަމްރީނުތަކެއްގައި ހަރަކާތްތެރިވަނިކޮށް ދެ ހެލިކޮޕްޓަރުވެއްޓިފައިވަނީ ޕެސިފިކް ކަނޑަށް ކަމަށެވެ.

ދެ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން މިނޮރޫ ވިދާޅުވީ އެ ދެ ހެލިކޮޕްޓަރުން ދަތުރުކުރި މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑުކަނޑު އަޑިން ހޯދިފައިވާ ކަމަށާއި ބާކީ ތިބި ހަތް މީހުން ވަނީ ގެއްލިފައި ކަމަށެވެ.

ޖަޕާނުގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސް އިން ބުނީ އެ ހާދިސާ ހިނގާފައިވަނީ ދެ ހެލިކޮޕްޓަރު އެކަތި އަނެކައްޗާ މުޑި އަރައިގެން ކަމަށް ބެލެވޭ ކަމަށެވެ.

ދެ ހެލިކޮޕްޓަރުގެ ފްލައިޓް ރެކޯޑަރުތައް ހޯދައިފައިވާ އިރު، މިހާރު ކުރިޔަށްދަނީ އެ ރެކޯޑަރުތައް އެނަލައިޒް ކުރުމުގެ މަސައްކަތް ކަމަށް އޮފިޝަލުން ބުނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-