ސޫރިޔާގެ އިރުއުތުރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް އިރާގުން ގިނަ ރޮކެޓްތަކެއް ފޮނުވާލައިފިއެވެ.
މި ހަމަލާއަކީ ފެބްރުއަރީ މަހުގެ ކުރީކޮޅުން ފެށިގެން އިރާގުގައި ތިބި އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ބައިނަލްއަގްވާމީ އިއްތިހާދާ ދެކޮޅަށް އާންމުކޮށް ހަމަލާދެމުން ދިޔަ ކެމްޕޭން ނިމުމަކަށް ގެނައި ފަހުން އެމެރިކާ ސިފައިންނަށް އަމާޒުކޮށް އިރާގުން ދިން ފުރަތަމަ ހަމަލާ އެވެ.
އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސޫދާނީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅު އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ވަނީ ބައްދަލު ކުރައްވާފައިއެވެ. އަދި މި ހަމަލާ ދީފައި މިވަނީ އެ ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި ވަޑައިގެންނެވިތާ އެއް ދުވަސް ފަހުން ނެވެ.
އިރާގުގެ ސަލާމަތީ ބާރުތަކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސީރިއާގެ ސަރަހައްދުގެ މެދުގައި ބައިނަލްއަގުވާމީ އިއްތިހާދުގެ މަރުކަޒަކަށް ރޮކެޓް ހަމަލާތައް ދީފައި ވަނީ ގާނޫނާ ހިލާފަށް އުޅޭ ބަޔަކު ކަމަށެވެ. އިރާގު ސިފައިން އުތުރުގެ ނިނޭވޭ ޕްރޮވިންސްގައި ބޮޑު އޮޕަރޭޝަނެއް ފަށާފައިވާއިރު، ހަމަލާގައި ބޭނުންކުރި ވެހިކަލް ފެނިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.