-Advertisement-

-Advertisement-

‎ސްރީލަންކަން އެއާލައިންސް ގަންނަން 6 ކުންފުންޏެއްގެ ޝައުގުވެރިކަން

ސްރީލަންކަން އެއާ ލައިންގެ ފްލައިޓެއް

ސްރީލަންކަން އެއާލައިންސް ގަންނަން ހަ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

މައުލޫމާތު ލިބިފައި ގޮތުގައި ސްރީލަންކަން އެއާލައިންސް ގަތުމަށް ރިކުއެސްޓް ފޯ ކޮލިފިކޭޝަން (އާރްއެފްކިއު) ހުށަހެޅުމުގެ މުއްދަތު މިއަދު ވަނީ ހަމަވެފައިއެވެ.

ރިކުއެސްޓް މުއްދަތު ހަމަވި އިރު

ހަ ކުންފުންޏަކުން ވަނީ އެ އެއާލައިން ގަތުމަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯޒަލް ހުށަހަޅައިފަ އެވެ.

އެ ހަ ޕްރޮޕޯޒަލް ވެސް   ސްރީލަންކާގެ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް އެންޓަޕްރައިޒް ރީސްޓްރަކްޗަރިން ޔުނިޓް (އެސްއާރްޔޫ) އިން ބަލައިގަނެފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސްރީލަންކަން އެއާލައިންސް ގަތުމަށް ޝައުގުވެރިކަން ފާޅުކުރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭނީ އެއާ އޭޝިއާ، ދަރްހާން އެލީޓް އިންވެސްޓްމަންޓްހޯލްޑިން، ހާލޭސް، ޝެރިޝާ ޓެކްނޮލޮޖީސްގެ އިތުރުން ފިޓްސް އެވިއޭޝަން އަދި ޓްރެޝާ ރިޕަބްލިކް ގާޑިއަންސްއެވެ.

ލަންކާ ސަރުކާރުގެ 99.52 ޕަސަންޓުގެ ހިއްސާ އޮންނަ ސްރީލަންކަން އެއާލައިންސް ވިއްކާލަން މަސައްކަތް ކުރަމުން އަންނަނީ މެޖޯރިޓީ ހިއްސާއާއެކުގައެވެ.

ސްރީލަންކަން އެއާލައިންސް ވިއްކާލުމުގެ ޕްރޮސެސް މި އަހަރުގެ ސެޕްޓަރުގެ ނިޔަލަށް ނިންމާލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސްރީލަންކަން އެއާލައިންސްއިން އަންނަނީ 61 ގައުމުގެ 126 މަންޒިލަށް ދަތުރުތައް ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-