-Advertisement-

-Advertisement-

ތުރުކީވިލާތުން އިސްރާއީލާއި ވިޔަފާރީގެ ގުޅުންތައް މެދުކަނޑާލައިފި

ތުރުކީ އާއި އިސްރާއީލާއި ދެގައުމުގެ ރައީސުން

ހައްދު ފަހަނަ އެޅި އިސްރާއީލުގެ ޔަހޫދީން މެދު ނުކެނޑި ފަލަސްތީނަސް ދެމުން ގެންދާ ހަމަލާ ތަކާއި ގުޅިގެން މަގުމަތިވެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސް އަޅަމުން ގެންދިއުމުގެ ސަބަބުން، ތުރުކީ ވިލާތުން އިސްރާއީލާއި ދެމެދު ގާއިމްކޮށްފައިވާ ވިޔަފާރީގެ ގުޅުންތައް ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ.

މިކަން ހާމަކޮށް ތުރުކީގެ ޓެރޭޑް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގައްޒާއަށް ދެމުން ގެންދާ އިންސާނީ އެހީތައް މެދު ނުކެނޑި ފޯރުކޮށްދިނުމުގެ ހުއްދަ އިސްރާއީލުން ނުދޭހާ ހިނދަނކު މެދު ކަނޑާލައިފައިވާ އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމުގެ ފިޔަވަޅު އެގޮތުގައި ދަމަހައްޓާނެ ކަމަށެވެ.

މިކަމާ ގުޅިގެން އިޒްރޭލުގެ ފޮރިން މިނިސްޓަރު އިސްރާއެލް ކަޓްޒް ވަނީ ތުރުކީ އިން އެގައުމާ އެކު ވެފައި އޮތް ވިޔަފާރީގެ ގުޅުން ކަނޑާލުމާއެކު ތުރުކީގެ ޕޯޓުތަކުން އެކްސްޕޯޓު އަދި އިމްޕޯޓު ހިދުމަތް ހުއްޓާލާފައިވާ ކަމަށެވެ.

މީގެ އިތުރުން ތުރުކީގެ މި ނިންމުމަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ އެއްބަސްވުންތަކާ ހިލާފުވެ ދެ ގައުމު ދެމެދުގެ ވިޔަފާރިވެރިންގެ މަސްލަހަތާ ހިލާފަށް ކުރާ ކަމެއް ކަމަށާއި، ތުރުކީ ވިލާތުން މަސައްކަތް ކުރަނި ޚުދުމުހުތާރު ސިފަ ދެއްކުމަށް ކަމުގައި ކަޒްޓް ވަނީ ސިފަކޮށްފައެވެ.

މިދިޔަ އަހަރު އެކަނިވެސް އިސްރާއީލުން ވަނީ ތުރުކީ ވިލާތާއެކު، 6.8 ބިލިޔަން ޑޮލަރުގެ ވިޔަފާރި މުޢާމާލާތު ހިންގައިފައެވެ.

އަދި ތުރުކީން އިސްރާއީލާއެކު ވިޔަފާރީގެ ގުޅުން މެދުކަނޑާލަން ނިންމުމާއެކު، އިޒްރޭލުގެ ފޮރިން މިނިސްޓަރު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ތުރުކީގެ ބަދަލުގައި އެހެން ގައުމުތަކުން މުދާ އެތެރެކުރުމުގެ މަޝްވަރާތައް ފެށުމަށް އަންގައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-