ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހްއަށް އިސްރާއީލުން ހަމަލާދޭން ފަށައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުން ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހް ކައިރީގައި ހަމާސްގެ ހަތިޔާރު އެޅި ވިންގުން ރޮކެޓް ހަމަލާއެއް ދިންތާ މާގިނަ އިރުތަކެއް ނުވަނީސް އިސްރާއީލުންވެސް ރަފަހަށް ހަމަލާދޭން ފަށައިފައި ވާކަމަށެވެ.
ހަމާސްއިން ރަފާހަށް ދިން ހަމަލާގައި އިސްރާއީލުގެ ތިން ސިފައިން މަރާލާފައިވާއިރު، އޭގެ އިރުކޮޅެއް ފަހުން އިސްރާޢީލުން ދިން ހަމަލާގައި ރަފަހްގެ 19 މީހުން ޝަހީދުވެފައިވާކަމަށް ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެއެވެ.
ޣައްޒާއަށް އެތެރެވާ ކެރެމް ޝަލޮމަށް ދިން މި ހަމަލާގެ ޒިންމާ ހަމާސްގެ ހަތިޔާރު އެޅި ގޮފިން ވަނީ ނަގައިފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނިގޮތުގައި ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހްއިން 10 ޕްރޮޖެކްޓަލް އެއް އެ ކްރޮސިންގެ ސަރަހައްދާ ދިމާލަށް ފޮނުވާލާފައިވާ ކަމަށާއި އެ ތަން މިހާރު ބަންދުކޮށްފައި ވަނީ އައްސޭރިފަށުގެ އެންކްލޭވްއަށް ދާ ޓްރަކްތަކަށް އެހީވުމަށް ކަމަށެވެ. އަދި އެހެން ކްރޮސިންތައް ހުރީ ހުޅުވާލެވިފައި ކަމަށްވެސް އިސްރާއީލުގެ އަސްކަރިއްޔާއާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާތަކާއި ގުޅިގެން ހަމާސްގެ ހަތިޔާރު އެޅި ގޮފިން ބުނީ އެ ސަރަހައްދުން އިސްރާއީލުގެ އަސްކަރީ މަރުކަޒަކަށް ރޮކެޓް ހަމަލާދިން ކަމަށާއި ނަމަވެސް އެ މީހުން ފޮނުވާލީ ކޮން ތަނަކުން ކަމެއް ކަށަވަރު ނުވާ ކަމަށެވެ. އެހެން ނަމަވެސް ކޮމާޝަލް ކްރޮސިން އަކީ ހަމާސްގެ ހަމަލާގެ ޓާގެޓެއް ނޫންކަމުގައި އެ ގްރޫޕުގެ އިސްފަރާތަކާއި ހަވާލާދީ މީޑިޔާތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.
މިސްރުގެ ބޯޑަރު ކައިރީގައި އޮންނަ ރަފާހުގައި ފަލަސްތީނުގެ މިލިއަނަކަށްވުރެ ގިނަ މީހުން ދަނީ ހިޔާވަހިކަން ހޯދަމުންނެވެ.