އޭޕްރީލް މަހުގެ މެދުތެރޭގައި ދުބާއި އަށް ކުރި ބޮޑު ވިއްސާރައަށްފަހު މުޅި ދުބާއި އެއްކޮށްހެން ހުއްޓި, ބައެއް މެޓްރޯ ސްޓޭޝަންތަކަށް ގެއްލުން ލިބި ބަންދުކޮށްފައި ހުރުމަށްފަހު, އެތަނުން 3 ސްޓޭޝަނެއް މިއަދު އަލުން ހުޅުވައިފިއެވެ.
ދުބާއިގެ ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ހާމަކުރިގޮތުގައި, ކުރިން އިއުލާނުކުރި ތާރީޚައްވުރެ އަވަހަށް މަރާމާތާއި ޓެސްޓުތައް ނިންމައި އޮންޕެސިވް، އިކުއިޓީ، އަދި މަޝްރެކް ސްޓޭޝަންތައް މިއަދު ހުޅުވާފައިވާކަަމަށެވެ. މީގެ އިތުރުން, އެނާޖީ މެޓްރޯ ސްޓޭޝަންވެސް އަންނަ ހަފްތާގައި ހުޅުވުމަށް ޱޝެޑިއުލް ކޮށްފައިވާކަަަމަށް އެ އޮތޯރިޓީން ހާމަކޮށްފައިވެއެވެ.
ދުބާއިގެ މެޓްރޯ ސްޓޭޝަންތައް އަލުން ހުޅުވިގެންދިޔުމަކީ ދުބާއިގައި ވަޒީފާ އަދާކުރާމީހުންނާއި, ޒިޔާރަތްކުރާ މީހުންނަށް ލިބިގެންދާނެ ވަރަށްބޮޑު ލުއިފަސޭހަ ކަމެކެވެ. އޭޕްރިލް މަހުގައި ދުބާއި އަށް ފާއިތުވި 75 އަހަރުގައި ނުވެހޭވަރަށް ވާރޭ ވެހިފައިވެއެވެ.