ހައްދުފަހަނަ އަޅައިފައިވާ އިސްރާއީލުން ގާޒާގައި ހުރިކޭމްޕަކަށް ދިން ބޮމުގެ ހަމާލާއާއި ދެކޮޅަށް އަދު އުފުލައި ތުރުކީގެ ރައްޔިތުން އެ ގައުމުގައި ހުންނަ އިސްރާއީލުގެ އެމްބަސީދޮށަށް އެއްވެ ކުރިއަށް ގެންދިޔަ މުޒާހަރާގައި އެ އެމްބަސީގައި ހުޅުޖަހައިފިއެވެ.
ތުރުކީީގެ ވެރިރަށް އިސްތަންބޫލްގެ ލެވެންޓް އަވަށުގައި ހުންނަ އިސްރާއީލު ކޮންސިއުލޭޓް ޖެނެރަލްގެ ކުރިމައްޗަށް އެއްވެ ގިނަ ބަޔަކު ތުރުކީގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ އެ ހަމަލާ ކުށްވެރިކޮށް އަޑު އުފުލައިފައެވެ.
އެގޮތުން އެ މުޒާހަރާގެ ބައިވެރިން ވަނީ ފަލަސްތީނުގެ އާންމުންނަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލާފައެވެ.
ހަމަ މީގެ އިތުރުން ތުރުކީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ޖެނެރަލް ދިރިއުޅުއްވާ ސަރިޔަރ ޑިސްޓްރިކްޓްގައިވެސް ވަނީ މުޒާހަރާކޮށްފައެވެ.
“ފްރީ ފަލަސްތީން” މެސެޖް ޖަހާފައިވާ ބެނާތަކާއެކު އެ މުޒާހަރާގެ ބައިވެރިންވަނީ “ޑައުން ވިތް އިޒްރޭލް، ކޯލަބަރޭޓާ އެމެރިކާ” ޖަހައިފައިވާ ބޯޑުތަކާއެކު އެ ސަރަހައްދުގައިވެސް އަޑު އުފުލައިފައެވެ.
ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (ޔޫއެންއާރްޑަބްލިއުއޭ) ގެ ގުދަންތައް ކައިރީގައި އަލަށް ގާއިމުކުރި ކޭމްޕުގެ ޓެންޓުތަކާ ދިމާލަށް އިޒްރޭލު ސިފައިން ވަނީ އާދީއްތަ ދުވަހުގެ ރޭ ގާތްގަނޑަކަށް އަށް ރޮކެޓް ފޮނުވާލައިފައެވެ.