-Advertisement-

-Advertisement-

މިފަހަރުގެ ޙައްޖު ޚުތުބާ ދެއްވާނީ އައްޝައިޚް މާހިރު އަލްމުޢައިޤްލީ

2024 ވަނަ އަހަރުގެ އަރަފާތު ދުވަހުގައި އޮންނަ ޙައްޖު ޚުތުބާ ދެއްވުމަށް މައްކާގެ ހަރަމްފުޅުގެ އިމާމެއް ކަމަށްވާ ޝެއިޚް މާހިރު ބިން ޙަމަދު އަލްމުޢައިޤްލީ ހަމަޖައްސައިފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ދީނީ ކަންކަމާ ބެހޭ ރިޔާސަތުން މިދިޔަ ހަފްތާގެ ހޯމަ ދުވަހު އިއުލާންކޮށްފައިވަނީ އެ މަގާމަށް ޝެއިޚް މާހިރު އައްޔަން ކުރައްވާފައިވަނީ އެޤައުމުގެ ޝާހީ އާއިލާގެ ރުހުމާއި އެއްކޮށް ކަމަށެވެ.

ޙައްޖު މަހުގެ 9 ވަނަ ދުވަހު ޢަރަފާތު ބިމުގައި މަޑުކުރުމަކީ ޙައްޖުގެ އަޅުކަމުގައި ހިމެނޭ އެންމެ މަތީ އެއް ދަރަޖަ ކަމުގައިވާއިރު, އެ ވަގުތަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން އެބިމަށް ޖަމާވެފައިވާ ޙައްޖުވެރިން ފާފަ ފުއްސެވުމަށާއި ދުޢާ އިޖާބަ ކުރެވޭ އެންމެ މާތް ވަގުތު ތަކުގެ ތެރެއިން ހިމެނޭ ވަގުތެކެވެ.

ޙައްޖު ޚުތުބާ ދެއްވަނީ މައްކާގެ ޙަރަމްފުޅަށް ފަހު އެސަރަހައްދުގައި ދެވަނައަށް އެންމެ ބޮޑު މިސްކިތް ކަމަށްވާ ނަމިރާ މިސްކިތުގައެވެ.

މި މިސްކިތް ބިނާކޮށްފައިވަނީ މި އުންމަތުގެ ނަބިއްޔާ ހައްޖަތުލް ވަދާާޢުގައި ޙައްޖު ޚުތުބާ ދެއްވުމަށް ހުއްޓި ހުންނެވި ތަނުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-