-Advertisement-

-Advertisement-

ދުބާއިއަށްދާ ދިވެހިންނަށް އުފާވެރި ޚަބަރެއް: ދުބާއީ މޯލް އިތުރަށް ބޮޑުކުރަނީ

ދުބާއިގެ އެންމެ ބޮޑު މޯލް އަދި އެތަނަށް ދަތުރުކޮށް އުޅޭ ދިވެހިންގެ މެދުގައިވެސް މަގުބޫލު މޯލެއް ކަމަށްވާ ދުބާއި މޯލް މިހާރަށްވުރެން ބޮޑުކުރުމަށް ނިންމައި އެކަން އިއުލާންކޮށްފިއެވެ.

އެމޯލް ހިންގަމުން އަންނަ އިމާރު ޕްރޮޕަޓީސް އިން ހޯމަ ދުވަހު އިއުލާންކޮށްފައިވަނީ, 1.5 ބިލިއަން ރުފިޔާގެ އިންވެސްޓްމެންޓަކާއި އެކު ދުބާއި މޯލް އިތުރަށް ފުޅާކުރުމަށް ނިންމައި އެތަނުގައި މުޅިން އާ 240 ލަގްޒަރީ ފިހާރައާއި ރެސްޓޯރެންޓް ހުޅުވުމަށް ނިންމާފައިވާކަމުގައެވެ. އަދި މި ބޮޑު މަޝްރޫޢަށް ކޮންޓްރެކްޓަރު ހަމަޖައްސައި މިހާރުވެސް މަސައްކަތް ފައްޓަން ތައްޔާރަށް ތިބިކަމަށް އެ އިއުލާނުގައި ހާމަކޮށްފައިވެއެވެ.

2023 ވަނަ އަހަރު ދުބާއީ މޯލް އިން ވަނީ ދުނިޔޭގައި އެންމެ ގިނަ މީހުން ޒިޔާރަތްކުރި ތަނުގެ ރެކޯޑް ގާއިމްކޮށްފައެވެ. އެ އަހަރު އެތަނަށް 105 މިލިއަން މީހުން ޒިޔާރަތްކޮށްފައިވީއިރު, އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 19 ޕަސެންޓް އިތުރު އަދަދެކެވެ.

ދުބާއި އަކީ ވިޔަފާރި ކުރުމަށާއި ޗުއްޓީ ހޭދަކުރުމަށް ދިވެހިންގެ މެދުގައި ދަތުރުކުރުމަށް މަގުބޫލު ސިޓީއެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-