-Advertisement-

-Advertisement-

ޙައްޖުވެރިންނަށް އުފާވެރި ޚަބަރެއް: އަރަފާތު ބިމުގެ ހޫނުމިން ދަށްކުރުމަށް އާ ޓެކްނޮޮލޮޖީއެއް ބޭނުންކުރަނީ

ފޮޓޯ: ސައުދީ ޕްރެސް އޭޖެންސީ

އަރަފާތު ދުވަހު ޙައްޖު ޚުތުބާ ދޭ މިސްކިތްކަމުގައިވާ ނަމިރާ މިސްކިތުގެ ވަށައިގެން މީހުން ހިނގާފައި އުޅޭ މަގުތަކުގެ ހޫނުމިން ދަށްކުރުމަށް ތާރުގަނޑުގެ މަތީގައި ޒަމާނީ ޓެކްނޮލޮޖީ އެއް ބޭނުންކޮށްގެން ކޯޓިންއެއް އަޅައިފިއެވެ.

ހައްޖުވެރިންނަށް އެ އަޅުކަން އަދާކުރާ ބިންތަކުގެ މާހައުލު ފިނިކުރުމަށް ސައުދީ އަރަބިއްޔާގެ ރޯޑްސް ޖެނެރަލް އޮތޯރިޓީ (އާރުޖީއޭ) އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އަރަފާތު ބިމުގައި ހުދުކުލައިގެ ކޯޓިން އެޅުމުގެ މަސައްކަތް ނިންމާލައިފައިވަނީ މިހަފްތާގެ ވަގުތެއްގައެވެ.

ނަމިރާ މިސްކިތުގެ ވަށައިގެން މީހުން ހިނގާފައި އުޅޭ މަގުތަކުގައި ކޯޓިންއެއް އަޅައިފައި. ފޮޓޯ: ސައިދީ ޕްރެސް އޭޖެންސީ

އިރުގެ އަލި ބިމާހަމައަށް ވާސިލުވާވަރު މަދުކޮށްދޭ މެޓީރިއަލްއެއް ބޭނުންކޮށްގެން އުފައްދާފައިވާ މި ހުދު ކޯޓިންގެ ސަބަބުން ބިމުގެ ސަރަހައްދުގެ ފިނިހޫނުމިން ގާތްގަނޑަކަށް 20 ޑިގްރީ ސެލްސިއަސް ދަށްކޮށްދެ އެވެ.

މިކޯޓިންވަނީ މިދިޔަ އަހަރުގެ ހައްޖު މޫސުލުގައި ޖަމްރާތުގެ ސަރަހައްދުގެ މަގުތަކުގައި އަޅައި ޓެސްޓު ކޮށްފައެވެ. އެ ޓެސްޓުތަކުން ކާމިޔާބުކަމާއެކު އެސަރަހައްދުގެ ފިނިހޫނުމިނުން 12 ޑިގްރީ އާއި 15 ޑިގްރީ ސެލްސިއަސް ދަށްކޮށްފައިވެއެވެ. މިދިޔަ އަހަރުގެ ކާމިޔާބީއާއި ގުޅިގެން, އެ ކޯޓިން އަޅާ ސަރަހައްދު ފުޅާކުރަން ނިންމައި އަރަފާތު ބިމުގެ ނަމިރާ މިސްކިތުގެ ވަށައިގެން ގާތްގަނޑަކަށް 25،000 އަކަމީޓަރުގެ ސަރަހައްދެއްގައި އަޅައިފައިވެއެވެ.

މި އަހަރުގެ ހައްޖު މޫސުމުގައި އިންތިހާއަށް ހޫނުގަދަވާނެކަމަށް ލަފާ ކުރެވޭ ކަމަށް ސައުދީ އަރަބިއްޔާގެ މީޓިއޮރޮޖިކަލް ސެންޓަރުން ވަނީ ލަފާކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-