-Advertisement-

-Advertisement-

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ސްލޮވޭނިއާ އިން ނިންމުމުން ސައުދީ އަރަބިއްޔާއިން މަރުހަބާ ކިޔައިފި

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ސްލޮވޭނިޔާ ސަރުކާރުން ނިންމި ނިންމުން ސްލޮވޭނިއާގެ ޕާލަމެންޓުން ތަސްދީގު ކުރުމުން ސައުދީ އަރަބިއްޔާއިން އެކަމަށް މަރުހަބާ ކިޔައިފި އެވެ.

ބުދަ ދުވަހު ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީން ވަނީ 1967 ވަނަ އަހަރު ކަނޑައަޅައިފައިވާ ބޯޑަރުތަކުގެ ދަށުން, އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ބަލައި އެގައުމުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް ހައްގު ލިބިގެންވާކަން ގަބޫލުކޮށް ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމައަށް ގޮވާލައްވާފައެވެ.

މީގެ އިތުރަށް އެ ބަޔާނުގައި ވަނީ ސްލޮވޭނިއާގެ މި ނިންމުމުން ބައިނަލްއަޤްވާމީ މުޖުތަމައިން މިކަން ގަބޫލުކުރާކަން ހާމަވާ ކަމަށާ, ބާކީ ތިބި ގައުމުތަކުންވެސް އެކަން ބަލައިގަތުން އަވަސްކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ޔޫރަޕުގެ ތިން ގައުމެއް ކަމަށްވާ ނޯވޭ, އަޔަރލޭންޑް އަދި ސްޕެއިން އިންވެސް ވަނީ މިދިޔަ ހަފްތާގައި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-