މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާގެ މައްކާއަށް ދަތުރުކުރި އެންމެ ދުވަސްވީ ޙައްޖުވެރިޔާކަމުގައިވާ އަލްޖިރިއާގެ ސަރަހައުދާ ސްޓީޓީއަށް އެޤައުމުން މަރުހަބާ ކިޔައިފިއެވެ.
އެފްރިކާގެ ޤައުމެއް ކަމަށްވާ އަލްޖީރިއާއަށް ނިސްބަތްވާ މި އަންހެންމީހާ ސައުދީ ޢަރަބިއްޔާއަށް ދަތުރުކޮށްފައިވަނީ ޖޫން 10 ވީ ހޯމަދުވަހުގައެވެ. އުމުރަކި 130 އަހަރު ކަމުގައި ބުނެވޭ މި އަންހެން މީހާއަކީ މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ އެންމެ ދުވަސްވީ މީހާގެ ގޮތުގެ ސައުދީ ޢަރަބިއްޔާގެ ޙައްޖުގެ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ފާހަނގަ ކޮށްފައެވެ.
ސަރަހައުދާ ސްޓީޓީގެ ހާލު ރަނގަޅުކަމަށާއި, އޭނާގެ ސިއްޙަތު ހުރިހާ ވަގުތެއްގައިވެސް ބެލޭނެ އިންތިޒާމް ހަމަޖައްސައިފައިވާކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން, މިއަހަރުގެ ޙައްޖުކުރުމަށް ދިޔަ އެންމެ ޒުވާން ކުއްޖާކަމުގައިވާ, މިސްރުގެ ޔަހްޔާ މުޙައްމަދު ރަމަޟާން މައްކާގައި ނިޔާވެފައިވާކަން ފާހަނގަކޮށްލެވެއެވެ. އެކުއްޖާގެ ޖަނާޒާ ކުރިޔަށް ގެންގޮސްފައިވަނީ މައްކާގެ މަސްޖިދުލް ޙަރާމްގައެވެ. އެކުއްޖާ ނިޔާވެފައިވަނީ ގަދަ ހޫނުގެ ސަބަބުން ކަމުގައި ބައެއް ޚަބަރުތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
މިއަހަރުގެ ޙައްޖު މޫސުމުގައި މައްކާ އިންތިހާއަށް ހޫނުގަދަވާނެކަމަށް ސައުދީ ޢަރަބިއްޔާގެ މޫސުމާއި ބެހޭ އިދާރާއިންވަނީ އިންޒާރުދީފައެވެ.