-Advertisement-

-Advertisement-

ދުނިޔޭގެ ފުރަތަމަ އުދުހޭ ޓެކްސީ ސައުދީ ޢަރަބިއްޔާއިން ތައާރަފްކޮށްފި

އަމިއްލައަށް ދުއްވާ އުދުހޭ ޓެކްސީ . ފޮޓޯ: ސައުދީ ޕްރެސް އޭޖެންސީ

ދުނިޔޭގައި ފުރަތަމަ ފަހަރަށް އިލެކްޓްރިކް އަދި އަމިއްލައަށް ދުއްވާ އުދުހޭ ޓެކްސީ ސައުދީ ޢަރަބިއްޔާއިން ތައާރަފްކޮށްފިއެވެ.

ބުދަ ދުވަހު ތައާރަފްކުރި ‘ލިލިއަމް’ ނަމަކަށް ކިޔާ އުދުހޭ ޓެކްސީ އެންމެ ފުރަތަމަ ބޭނުންކުރާނީ މިއަހަރުގެ ޙައްޖު މޫސުމުގައި މައްކާގައި ޙައްޖުގެ އަޅުކަންކުރާ ބިންތައް ކަމުގައިވާ މިނާ, މުޒްދަލިފާ އަދި ޢަރާފާތާއި ދެމެދުގައި ދަތުރުކުރުމަށް ކަމަށް ސައުދީ ޢަރަބިއްޔާގެ ޓްރާންސްޕޯޓް މިނިސްޓަރުވަނީ ހާމަކޮށްފައެވެ.

އޭނާ ވިދާޅުވެފައިވަނީ , އެއްވެސް ދުއްވާ މީހަކު ބޭނުން ނުވާ މި ޓެކްސީ, މިއަހަރު މައިގަނޑުގޮތެއްގައި ބޭނުންކުރާނީ އެމަޖެންސީ ހާލަތުތަކުގަޔާއި, ޙައްޖުވެރިންނަށް ބޭނުންވާ ބޭހާއި އެނޫންވެސް ތަކެތި އުފުލުމަށް ކަމުގައެވެ.

އާންމުކޮށް ގިނަ ޙައްޖުވެރިންނާއި ޢުމްރާވެރިން ދަތުރުކުރާ ޖިއްދާ އެއާޕޯޓާއި މައްކާގެ ހޮޓެލްތަކާއި ދެމެދުގައި ދަތުރުކުރުމަށް ސަޢުދިއާ އެއާލައިނުން ވަނީ މިއަހަރުގެ ޖެނުއަރީ މަހުގައި 100 ލިލިއަމް އުދުހޭ ޓެކްސީ އޯޑަރުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-