ލުބްނާނުގެ ހިޒްބުالله ޖަމާޢަތުން އިޒްރާއިލުގެ އަސްކަރީ 9 ސައިޓަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.
ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ދިން މިހަމަލާތަކަކީ އަންގާރަ ދުވަހު އިޒްރާއިލުން ދިން ހަމަލާއެއްގައި ހިޒްބުالله ގެ އިސް ކޮމާންޑަރަކު މަރުވުމާއި ގުޅިގެން އެކަމުގެ ބަދަލެއްގެ ގޮތުގައި ދިން ހަމަލާތަކެއް ކަމުގައި އެ ޖަމާޢަތުންވަނީ ހާމަކޮށްފައެވެ.
އެއްފަހަރާ 150 މިސައިލާއި 30 ޑްރޯން ބޭނުންކޮށްގެން ދިން މިހަމަލާތަކަކީ ޣައްޒާގައި ދެމުންދާ ހަމަލާތައް ފެށުނު ފަހުން އިޒްރާއިލަށް ކުރިމަތިވި އެންމެ ވަރުގަދަ ހަމަލާއެވެ. ޣައްޒާގެ ހަމަލާތައް ފެށުނު ފަހުން ހިޒްބުالله އާއި އިޒްރާއިލާއި ދެމެދު ހަމަލާ ބަދަލުކުރަމުންދާކަން ފާހަނގަ ކޮށްލެވެއެވެ. އެހެންނަމަވެސް އެޖަމާޢަތުގެ ކޮމާންޑަރު މަރުވުމާއި ގުޅިގެން މިހަމަލާތައް ފާއިތުވި ދެދުވަހު ވަރަށް ބޮޑަށް ވަނީ އިތުރު ވެފައެވެ.
ހިޒްބުالله ގެ ހަމަލާތަކުގެ ސަބަބުން އިޒްރާއިލުގެ އުުތުރުގެ ވަރަށް ގިނަ ހިސާބުތައް އަދައި, ވަރަށް ބޮޑަށް ގެއްލުން ލިބިފައިވެއެވެ.