ޢަރަފާތު ދުވަހު ޙައްޖުވެރިންގެ މެދުގައި ކުރި ފޯނުކޯލުގެ އަދަދަކީ 42.2 މިލިއަން ކަމަށް ސައުދީ އަރަބިއްޔާގެ ކޮމިއުނިކޭޝަންސް އަދި ޓެކްނޮލޮޖީ ކޮމިޝަނުން ހާމަކޮށްފިއެވެ.
އާދިއްތަ ދުވަހު އެކޮމިޝަނުން ނެރުން ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެދުވަހު އެތެރޭގެ ފޯނުކޯލުގެ އަދަދު 36.3 މިލިއަނަށް އަރާއިރު ބައިނަލްއަޤްވާމީ 5.9 މިލިއަން ފޯނު ކޯލު ހިމެނެއެވެ. އަދި އެކޯލުތަކުގެ 99% ފޯނުކޯލުތައް ކާމިޔާބުކަމާއެކު ގުޅުނުކަމަށް ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ޙައްޖު މޫސުމުގައި އިންޓަނެޓް ޑޭޓާ ބޭނުންކޮށްފައިވާ މިންވަރަކީ 5.61 ހާސް ޓީބީއެވެ. އެއީ ދުވާލަކަށް ޙައްޖުވެރިންގެ ނިސްބަތުން ބޮލަކަށް 761.93 އެމްބީއެވެ. އެއީ ދުނިޔޭގެ ނިސްބަތަށް ބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. އާންމުކޮށް ދުނިޔޭގެ ނިސްބަތުން ދުވާލަކު ޑޭޓާ ބޭނުންކުރާ އަދަދަކީ ބޮލަކަށް 380 އެމްބީ އެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް 1.5 މިލިއަން މީހުން ދަތުރުކޮށްފައިވެއެވެ.