އިޒްރާއިލުން ޣައްޒާގައި ކެނޑިނޭޅި ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށް ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އަނެއްކާވެސް ގޮވާލައްވާފިއެވެ.
މުޙައްމަދު މިގޮތަށް ގޮވާލައްވާފައިވަނީ ހޯމަ ދުވަހުގައި ޙައްޖުވުމަށް މިފަހަރު މައްކާއަށް ދަތުރުކުރި ގައުމުތަކުގެ އިސްވެރިންނަށް ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ހުރިހާ ގައުމަކުންވެސް ބަލައިގަތުމަށް ސައުދީ އަރަބިއްޔާއިން ގޮވާލެއްވި ގޮވާލެއްވުން ތަކުރާރުވެސް ކޮށްފައިވެއެވެ.
މީގެއިތުރުން މުޙައްމަދުވަނީ މި ހަފްލާގައިގެ ހުރިހާ ބައިވެރިންނަށް އީދުގެ ތަހުނިޔާ ކިޔާފައެވެ. އަދި ހުރިހާ ގައުމެއްގެ ޙައްޖުވެރިންނަށްވެސް މަބްރޫރު ޙައްޖަކަށް އެދި, އަދި ހުރިހާ ޙައްދުވެރިންވެސް ސައުދީ އަރަބިއްޔާއިން ފުރަންދެން ހުރިހާ ޙައްޖުވެރިންގެ ޚިދުމަތުގައި ދެމިހުންނާނެ ކަމަށް ކަށަވަރުކޮށްދީފައިވެއެވެ.
ދައުލަތުތަކުގެ އިސްވެރިންނަށް ޅާއްސަކޮށްގެން ބޭއްވި މި ހަފްލާއަކީ ސައުދީ ރަސްގެފާނު ސަލްމާންގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަފްލާއެކެވެ. މި ހަފްލާ ބާއްވާފައިވަނީ މިނާގައި ހުންނަ ރޯޔަލް ގަނޑުވަރުގައެވެ.