-Advertisement-

-Advertisement-

އިޒްރާއިލް ދެމިއޮތުމަށް އެމެރިކާއިން ހަތިޔާރު ބޭނުންވާކަމަށް ނަތަންޔާހޫ ބުނެފި

އިޒްރާއިލަކީ ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް އެމެރިކާއިން ހަނގުރާމައަށް ބޭނުންވާ ހަތިޔާރު ލިބެންޖެހޭ ކަމަށް އިޒްރާއިލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫ މިހެން ބުނެފައިމިވަނި އެނާ މިހަފްތާ ނެރުނު ވީޑިއޯއްގައ އެމެރިކާއިން ހަތިޔާރު ނުފޮނުވާ ހިފަހައްޓާފައިވާކަމަށް ބުނުމުން އެކަމާ އެމެރިކާއިން ނުރުހުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ޣައްޒާގައި އިޒްރާއިލުން ކުރަމުންދާ ލާއިންސާނީ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން އިޒްރާއިލާއި ދެކޮޅުވަމުންދާއިރު, އިޒްރާއިލަށް އެންމެ އެހީތެރިވާ ގައުމު ކަމަށްވާ އެމެެރިކާއާވެސް އެގައުމާ ގުޅުން ހީނަރުވަމުން ދާކަން ފާހަނގަވެއެވެ.

އެމެރިކާގެ ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާއިން ހުއްޓުވާފައިވަނީ ހަތިޔާރުގެ އެންމެ ޝިޕްމެންޓެއް ކަމަށާއި, އެއީ 2000 ޕައުންޑުގެ ބޮމުގެ ޝިޕްމެންޓެއް ކަމަށެވެ. އެ ޝިޕްމެންޓް ހުއްޓުވާފައިވަނީ އޭގެ ބޭނުން އިޒްރާއިލުން ޣައްޒާގެ އާބާދީ ބޮޑު ހިސާބު ތަކުގައި ބޭނުންކުރާތީ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެމެރިކާއިން ބުނެފައިވަނީ އެމީހުން ހަތިޔާރު ފޮނުވަނީ ހަމާސް އަދި ޔަމަނާއި ލުބްނާނުގެ ހިޒަބުالله ފަދަ ޖަމާޢަތްތަކުން އިޒްރާއިލަށްދޭ ހަމާތަކުން އަމިއްލަ ގައުމު ދިފާއުކުރުމަށް ކަމަށެވެ.

ޣައްޒާގައި އިޒްރާއިލުން ދެމުންދާ ލާއިންސާނީ ހަމަލާތަކަށް 8 މަސް ވެފައިވާއިރު, ޣައްޒާގެ ގާތްގަނޑަކަށް 38,000 މީހުންވަނީ މަރުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-