2025 ވަނަ އަހަރުގެ ޙައްޖު މޫސުމަކީ ކުރިޔަށް އޮތް 17 އަހަރުގައިވެސް ހޫނު މޫސުމަކާއި ދިމާވާނެ ފަހު ޙައްޖު ކަމުގައި ސައުދީ ޢަރަބިއްޔާގެ މީޓިއޮރޮލިޖިކަލް ސެންޓަރުން ހާމަކޮށްފިއެވެ.
ސައުދީ އަރަބިއްޔާގެ މޫސުމާ ބެހޭ އިދާރާގެ ތަރުޖަމާނު އަންގާރަ ދުވަހު ވިދާޅުވެފައިވަނީ 2026 ވަނަ އަހަރުން ފެށިގެން ޙައްޖުގެ އަޅުކަން ދިމާވާނީ ތަފާތު މޫސުމަކާއެވެ. އެގޮތުން ފުރަތަމަ 8 އަހަރު ބަހާރު މޫސުމާއި ޙައްޖާއި ދިމާވާއިރު އޭގެ ފަހުން އަންނަ 8 އަހަރުވެސް ޙައްޖު ދިމާވާނީ ފިނި މޫސުމާއެވެ.
މިއަހަރުގެ ޙައްޖުގެ ދުވަސްވަރު އާދަޔާ ޚިލާފަށް ހޫނުގަދަވެފައިވާކަން ފާހަނގަކޮށްލެވެއެވެ. އެގޮތުން 48 ޑިގްރީއާއި ހަމައަށް ހޫނުމިން އަރާފައިވާއިރު, ގަދަ ހޫނުގެ ސަބަބުން އެތައް ހާސް ބަޔަކަށް ހީޓް ސްޓްރޯކް ޖެހި, ބައެއް މީހުން މަރުވެފައިވެސް ވެއެވެ.
މިހަފްތާގެ ބުދަ ދުވަހު މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކޮށް ނިންމާލާއިފިއެވެ.