-Advertisement-

-Advertisement-

ސައުދީ އަރަބިއްޔާގެ ރައްޔިތުން ލުބްނާން ދޫކޮށް ދިޔުމަށް އެގައުމުން ގޮވާލައިފި!

ލުބްނާނުގައި ދިރިއުޅޭ ނުވަތަ އެއްވެސް ބޭނުމަކަށް ލުބްނާނަށް މިވަގުތު ދަތުރު ކޮށްފައިވާ ސައުދީ އަރަބިއްޔާގެ ރައްޔިތުން ވީހާވެސް އަވަހަކަށް އެގައުމު ދޫކޮށް ދިޔުމަށް އެގައުމުން ގޮވާލައިފިއެވެ.

ހުކުރު ދުވަހު ލުބްނާނުގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލުބްނާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މިވަގުތު އެގައުމުގައި މަޑުކުރުން ރައްކާތެރި ނޫން ކަމަށާއި, އަދި ވަކީން ޚާއްސަކޮށް ހަމަލާތައް ދެމުންދާ ސަރަހައްދު ތަކަށް ނުދިޔުމަށް އެގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މި ބަޔާނުގައި ހަމަލާތައް ކުރިޔަށްދާ ސަރަހައްދުތައް ކަނޑައަޅައި ބަޔާންކޮށްފައި ނުވެއެވެ.  އަދި މީގެ ކުރިން އެގައުމުން ނެރެފައިވާ ޓްރެވެލް ބޭން އާ އެއްގޮތަށް ލުބްނާނަށް ދަތުރު ނުކުރުމަށްވެސް ގޮވާލާފައި ވެއެވެ.

ހޮނިހިރު ދުވަހުގައި ކުވައިތު ސަރުކާރުންވެސް ވަނީ ލުބްނާނުގައި ތިބި އެގައުމުގެ ރައްޔިތުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެެވެ. އެހެން ނަމަވެސް ލުބްނާން ދޫކޮށް ދިޔުމަށް އަންގާފައި ނުވެއެވެ.

ލުބްނާނުގެ އައިން އަލް ހިލްވާ ރެފިއުޖީ ކޭމްޕުގައި ހިނގަމުންދާ ހަމަނުޖެހުން ތަކުގައި މިހާތަނަށް 13 މީހަކު މަރުވެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-