-Advertisement-

-Advertisement-

ޣައްޒާގެ ޚާން ޔޫނިސް އިން އަނެއްކާވެސް މީހުން ބޭރުކުރަން ފައްޓައިފި

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ނަމަކަށް ކިޔާ ރަށުން މީހުން ފޭބުމަށް އިޒްރާއިލުގެ ސިފައިން އެންގުމުން އެރަށުގެ އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ނުކުންނަން ފައްޓައިފިއެވެ.

ހޯމަ ދުވަހު އިޒްރާއިލުގެ ސިފައިން ޚާން ޔޫނިސް ހުސްކުރުމަށް އަންގާފައިވާއިރު މިއީ އޮކްޓޯބަރު 7 ގެ ފަހުން އެރަށަށް އިޒްރާއިލް ސިފައިން އަރާ ދެވަނަ ފަހަރެވެ. މިދިޔަ އޭޕްރީލް މަހާއި ޖެހެންދެން އިޒްރާއިލުން ވަނީ އެރަށަށް އެތައް ދުވަހެއް ވަންދެން ކެނޑިނޭޅި ހަމަލާދީ އެރަށުގެ ބޮޑު ބައެއްވަނީ ސުންނާފަތި ކޮށްފައެވެ.

މިއަހަރުގެ ކުރީ ކޮޅު އެރަށުގައި ދިން ހަމަލާތަކަށްފަހު އެރަށުގައި އަލުން ވަޒަންވެރިވި ގިނަ މީހުންނަކީ އެރަށާއި ކައިރީގައި އޮތް ރަފާހަށް އިޒްރާއިލުން ހަމަލާ ދޭން ފެއްޓުމުން ސަލާމަތްވުމަށް ރަފާހު ދޫކޮށް ދިޔަ މީހުންނެވެ. ރަފާގައި އަދިވެސް އިޒްރާއިލު އަސްކަރިއްޔާއިން ހަމަލާދެމުން އެބަ ގެންދެއެވެ.

އދ އިން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރާއިލް ސިފައިން ޚާން ޔޫނިސް ހުސްކުރަން އެންގުމުގެ ސަބަބުން މަދުވެގެން 250,000 މީހުންގެ ގެދޮރު ގެއްލިފައިވާކަމަށެވެ. އަދި އެރަށުގައި ހުރި ބައެއް ހޮސްޕިޓަލު ތަކުންވެސް ޑޮކްޓަރުންނާއި ސްޓާފުން އެރަށް ދޫކޮށް ދިޔުމުން ވަނީ ހުސްކޮށްފައެވެ.

އޮކްޓޯބަރު 7 ގެ ފަހުން އިޒްރާއިލުން ޣައްޒާގައި ކެނޑިނޭޅި ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 38,000 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-