-Advertisement-

-Advertisement-

ސްވިޒަލޭންޑުގައި ވަގުތު ރައްކާކުރާ ބެންކެއް

ސްވިޒަލޭންޑުގެ ސަރުކާރުންވަނީ “ޓައިމް ބޭންކް” ނަމަކަށް ކިޔާ ޕްރޮގްރާމެއް ތައާރަފްކޮށްފައެވެ. މި ޕްރޮގްރާމުގެ ބޭނުމަކީ އެގައުމުގެ އުމުރުން ދުވަސްވީ މީހުން ބަލަހައްޓައިދޭ ފަރާތްތަކެއް ހޯދުމެވެ.

މި ޕްރޮގްރާމަކީ އެގައުމުގެ ބޭންކާއި ގުޅިގެން ހިންގޭ ފްރޮގްރާމެކެވެ. މީގައި ބައިވެރިވެގެން ޒުވާނުންނަށް އުމުރުން ދުވަސްވީ މީހުން ބަލަހައްޓައިދިނުމަށްޓަކައި ހޭދަ ކުރެވޭ ވަގުތު އެމީހުންގެ ސޯސަލް ސެކިއުރިޓީ އެކައުންޓަށް ޖަމާކުރެވެއެވެ. އަދި އެ ޒުވާނުން ފަހުން އުމުރުން ދުވަސްވެ އެހެން މީހެއްގެ އަޅާލުން ބޭނުންވާ ހިސާބުން އޭނާ ޒުވާން އިރު ބޭނުން ކޮށްފައިވާ ވަގުތު އެހެން މީހަކަށް ދީގެން އޭނާއަށް އަޅާލާނެ ފަރާތެއް ހޯދިދާނެއެވެ. ކުރުކޮށް ބުނާނަމަ، ފައިސާގެ ބަދަލުގައި އެ ބަދަލުކުރެވެނީ ވަގުތެވެ.

ވަގުތު ބެންކް ސިސްޓަމްއަކީ މިހާރު ބެއިޖީންފަދަ ސިޓީތަކުގައިވެސް ބޭނުން ކުރެވޭ ކޮންސެޕްޓެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-