-Advertisement-

-Advertisement-

ސައޫދީ ވަލީ އަހުދު: ފަލަސްތީނު ދައުލަތެއް ނެތި އިސްރާއީލާއެކު ގުޅުމެއް ނޯންނާނެ

ސައޫދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ބުދަ ދުވަހު ވިދާޅުވެފައިވަނީ ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަކާ ނުލައި ސައުދީއިން އިސްރާއީލު ބަލައިނުގަންނާނެ ކަމަށެވެ.

ޝޫރާ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި އޭނާ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް “އިސްރާއީލީ އޮކިއުޕޭޝަނުގެ ޖަރީމާތައް” ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ.

“އިރުމަތީ ޖެރޫސަލަމް ވެރިކަންކުރާ ރަށުގެ ގޮތުގައި ހަދާ،  މިނިވަން ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ސައުދީއިން ކުރަމުންދާ މަސައްކަތް ހުއްޓައެއް ނުލާނެ، އަދި އެކަން ނެތި ސައުދީއިން އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުމެއް ގާއިމެއް ނުކުރާނެކަން އަޅުގަނޑުމެން ކަށަވަރުކޮށްދެން،” ވަލީ އަހުދު ވިދާޅުވިއެވެ.

ޔަމަނު، ސޫދާން، ލިބިޔާ އަދި ޔުކްރެއިންގެ ހަނގުރާމަތަކަށް ސިޔާސީ ހައްލެއް ހޯދުމަށް މަސައްކަތްކުރުމުގެ ގޮތުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސަލާމަތާއި އަމަން އިތުރުކުރުމަށް ސައުދީއިން މަސައްކަތްކުރަމުންދާ ކަމަށް ވަލީ އަހުދު ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-