-Advertisement-

-Advertisement-

މާލީގައި ހަތިޔާރުއެޅި ޖަމާޢަތުގެ ހަމަލާއެއްގައި 70 އަށްވުރެ ގިނަ މަރު

މާލީގެ ވެރިރަށް ބަމަކޯގައި އަލްޤާއިދާއާ ގުޅުންހުރި ޖަމާޢަތަކުން ދިން ހަމަލާއެއްގައި 70 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު ހިނގި މި ހަމަލާގައި ޖަމާއަތު ނުސްރަތުލް އިސްލާމް ވަލް މުސްލިމީން (ޖޭއެންއައިއެމް) ގެ ހަނގުރާމަވެރިން އަމާޒުކުރީ ފުލުހުންގެ ތަމްރީނު އެކަޑަމީއަކަށާއި ކައިރީގައިވާ ވައިގެ ބަނދަރަށެވެ.

ސަލާމަތީ މަސްދަރުތަކުން ބުނާ ގޮތުގައި މި ހަމަލާގައި 77 މީހުން މަރުވެ، 255 މީހުންނަށް އަނިޔާވެފައިވެއެވެ. އެހެންނަމަވެސް، ސިއްރު ރަސްމީ ލިޔުމެއްގައި ބުނެފައިވަނީ ގާތްގަނޑަކަށް 100 މީހުން މަރުވެފައިވާ ކަމަށެވެ.

ޑިޕްލޮމެޓިކް މަސްދަރުތަކުން ހާމަކުރި ގޮތުގައި މަރުވި މީހުންގެ އަދަދު 70 އާ ކައިރިވެފައިވާއިރު، ހޮސްޕިޓަލްތަކުގައި އަނިޔާވި މީހުންނަށް ފަރުވާދޭނެ އެނދު ހުސްވެފައިވެއެވެ.

މި ހަމަލާއަކީ މާލީގައި 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިނގަމުންދާ ހަނގުރާމައިގެ ތެރެއިން އެންމެ ނުރައްކާތެރި އެއް ހަމަލާ ކަމަށް ބެލެވެއެވެ. 2021 ގައި ބަޣާވާތަކުން ވެރިކަން ހޯދި އަސްކަރިއްޔާއިން ބުނެފައިވަނީ ރަޝިޔާގެ އެހީތެރިކަމާއެކު ހާލަތު ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް މި ހަމަލާއިން އެ ވާހަކަތައް ދޮގުވެފައިވެއެވެ.

ޖޭއެންއައިއެމްއިން ބުނެފައިވަނީ އެ ޖަމާޢަތުގެ މަދު އަދަދެއްގެ ހަނގުރާމަވެރިން “ސަތޭކަ އަކުން ގުނާލެވޭވަރަށް” އިދިކޮޅު ފަރާތްތައް މަރައި، އަނިޔާކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ރަޝިޔާގެ ވަގްނަރ ގްރޫޕްގެ މެމްބަރުންވެސް ހިމެނޭ ކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ.

މި ހަމަލާއާ ގުޅިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސްއާއި، އެފްރިކަން ޔޫނިއަންގެ ކޮމިޝަން ޗެއަރމަން މުއްސާ ފަކީ މުހައްމަދުގެ އިތުރުން ފަރަންސޭސި އަދި ބްރިޓިޝް އެމްބަސީތަކުން މި ހަމަލާ ކުށްވެރިކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-