-Advertisement-

-Advertisement-

ރީތިރަށް ރިސޯޓުގެ ވޯޓަރވިލާއެއްގެ ފުރާޅުގައި ރޯވި އަލިފާން ނިއްވާލައިފި

ނލ

މާލެ އަތޮޅުގައި ހުންނަ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ވޯޓަރވިލާއެއްގެ ފުރާޅުގައި ރޭ ދަންވަރު ރޯވި އަލިފާން ރިސޯޓުގެ މުވައްޒަފުން ވަނީ ނިއްވާލައިފައެވެ.

ރޭ ދަންވަރު 2:57ގައި ހިނގި މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ އެ ރިސޯޓަށް ގޮސް ހަރަކާތްތެރިވެފައެވެ. އަދި ގާތްގަނޑަކަށް 30 މިނެޓުގެ ތެރޭގައި އަލިފާން ވަނީ ކޮންޓްރޯލް ކުރެވިފައެވެ.

އެމްއެންޑީއެފުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވި ނަމަވެސް، ވިލާގެ ފުރާޅާއި ސީލިންގއަށް އެކި ވަރުގެ ގެއްލުން ވަނީ ލިބިފައެވެ.

އަލިފާން ރޯވި ސަބަބު އަދި ވަނީ ސާފުނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ފާހަގަކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-