-Advertisement-

-Advertisement-

އިޒްރޭލުގެ ލާއިންސާނީ އަމަލުތަކަށް ތާއީދުކޮށް އެހީތެރިވާތީ ބައިޑެންގެ މަގުބޫލުކަން ދަށަށް!

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ ލާއިންސާނީ އަނިޔާތަކަށް ތާއިދުކޮށް އެހީތެރިވުމުގެ ސަބަބުން އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ މަގްބޫލުކަން އާންމުންގެ މެދުގައި މިހާތަނަށް ދަށަށް ނުދާވާވަރަށް ދަށަށް ގޮސްފިކަން އެންމެފަހުން ކުރި ޚިޔާލު ހޯދުމުގެ ސާވޭއިން ހާމަވެއްޖެއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ މަގްބޫލުކަން އާންމުންގެ މެދުގައިވަނީ 39 އިންސައްތައަށް ދަށަށް ގޮސްފައިވާކަމަށް “އިޕްސޮސް ރީސާޗް” އާއި “ރޮއިޓާސް” ގުޅިގެން ކުރި ޚިޔާލު ހޯދުމުގެ ސާވޭއެއްގެ ނަތީޖާއިން ވަނީ ދައްކާފައެވެ. އިންތިޚާބަކާ ގާތްވެފައިވަނިކޮށް މިހާބޮޑަށް މަގޫލުކަން ދަށަށްދިޔުމަކީ އެމެރިކާގެ ރައީސަކު ވެރިކަމުގައި ހުންނަވަނިކޮށް ލިބޭ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް “ނިޔުޔޯކް ޓައިމްސް”އިން ވަނީ ފާހަގަކޮށްފައެވެ.
އެމެރިކާގެ 39 އިންސައްތަ މީހުން ދެކޭގޮތުގައި ބައިޑެންއަކީ އެމެރިކާގެ ރައީސްކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވޭވަރުގެ ގާބިލްކަން ހުރިބޭފުޅެއް ނޫންކަމަށް ދެކޭއިރު މިދިޔަ ސެޕްޓެމްބަރ މަހު ކުރި ސާވޭއިން ދައްކާދޭ ގޮތުގައި ބައިޑެންގެ މަގްބޫލުކަން އެ ދުވަސްވަރު ހުރީ 42 އިންސައްތައިގައެވެ. ބައިޑެންގެ މަގްބޫލުކަން ދައްވަނުން ދިޔަ މައިގަނޑު ސަބަބަކަށް “ނިޔުޔޯކް ޓައިމްސް”އިން ލަފާކުރަނީ އެމެރިކާއިން އިޒުރޭލުގެ ސިފައިން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކަށް ފުލްކޮށް ސަޕޯޓްކުރުމުން ކަމަށާއި އިސްރާއީލުގެ އަނިޔާވެރިކަމާއި ގަތުލުއާންމުތަކަށް ތާއީދުކޮށް އެކަމަށް އެހީތެރިވުމުގެ ސަބަބުން އެމެރިކާގެ ލެބެރަލް ފިކުރުގެ ޒުވާނުންނާއި މުސްލިމުންނާއި އެހެން ނަސްލުތަކުގެ މީހުންނާ އަދި ބައިޑެންގެ އަމިއްލަ ޕާޓީކަމަށްވާ ޑިމިކްރެޓިކް ޕާޓީގެ ބައެއް މީހުންގެ ތާއީދު ބައިޑެންއަށް ވަނީ ގެއްލިގެން ގޮސްފައެވެ. މީގެ އިތުރުން ބައިޑެންގެ މަގްބޫލުކަން ޣައްޒާގެ ހަނގުރާމަ ފެށުނުފަހުން ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނާއި އެ ޕާޓީއަށް ތާއީދުކުރާ އަދި އެ ޕާޓީގެ ސަޕޯޓަރުންގެ މެދުން ވަނީ 4 އިންސައްތަ ދަށައް ގޮސްފައެވެ. ނަމަވެސް އެމެރިކާގެ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ އާންމުންގެ މެދުގައި ބައިޑެންގެ މަގްބޫލުކަން ޣައްޒާގެ ހަނގުރާމައާ ގުޅިގެން ދަށަކަށް ނުދެއެވެ.
އެމެރިކާގައި އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރާ އެތައް މިލިޔަން ބައެއްގެ މުޒާހަރާތަކުގެ ބޮޑުބަޔަކީ ޒުވާނުންނެވެ. އެހެންކަމުން ބައިޑެންގެ މަގްބޫލުކަން 42 އިންސައްތައިން 39 އިންސައްތައަށް ދިޔުމުގެ މައިގަނޑު ސަބަބަކީ އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކަށް އޭނާ ދޭ ހިތްވަރާއި އެކަމުގައި ބައިޑެން ބައިވެރިވާ ބައިވެރިވުންކަމަށް ވުން އެކަށީގެންވާކަމަށް ކޮލަމިސްޓުންނާއި މުހައްލިލުން ގެ ލިޔުއްވުންތަކުން ހާމަވެއެވެ. މިކަމުގެ ސަބަބުން އެމެރިކާ ރައްޔިތުންގެ ރުޅިވެރިކަން އެންމެ ބޮޑަށް އަމާޒުވެފައިވަނީ އެމެރިކާގެ ޙާރިޖީ ވުޒާރާއަށެވެ. މިކަމުގެ ނުތަނަވަސްކަން އެވުޒާރާއިންވެސް ވަނީ ހާމަކޮށްފައެވެ. ހަމައެއާއި އެކު ވުޒާރާގެ އިސް ބޭފުޅުން މިމައްސަލައިގެ ސަބަބުން ވަނީ އިސްތިއުފާވެސް ދެއްވާފައެވެ.
ބައިޑެންގެ މަގްބޫލުކަން ދަށަށްދާ ސަބަބުތަކުގެ ތެރޭގައި އޭނާގެ މުސްކުޅިކަމާއި، މުސްކުޅިވުމުގެ ސަބަބުން ބައެއް ފަހަރު ވާނުވާ ނޭންގި ގޯސްތައް ހެދޭ މައްސަލަވެސް ހިމެނޭކަމަށް ވަނީ ބެލެވިފައެވެ. އެމެރިކާގެ ޒުވާނުންގެ ބާރުވެރިކަން އިތުރުވަމުން އަންނަ އިރުގައި ވެރިކަމަށްވެސް ޒުވާން، އަމާންކަމަށް ލޯބިކުރާ، ހަމަހަމަ އުސޫލެއް ގެންގުޅޭ ވެރިއަކަށް އެމެރިކާގެ ރައްޔިތުން އެދޭކަމަށް މިސާވޭއިން ސާފުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-