-Advertisement-

-Advertisement-

ޓައިވާނުގެ ރައީސަކަށް އަނެއްކާވެސް ލައި

ޓައިވާންގެ ރައީސް ވިލިއަމް ލައި. ފޮޓޯ: ބީބީސީ

ޓައިވާނުގެ މިހާރުގެ ނައިބު ރައީސް އަދި ވެރިކަންކުރާ ޕާޓީގެ ޗެއާޕާސަން ވިލިއަމް ލައި، އެ ގައުމުގެ އާ ރައީސް އަކަށް ހޮވިވަޑައިގެންފި އެވެ.

ވެރިކަން ކުރާ، ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީޕީޕީ)ގެ ކެންޑިޑޭޓު ލައި ހޮނިހިރު ދުވަހުގެ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ވޯޓުލީ މީހުންގެ 40 ޕަސެންޓުންނެވެ. މިއީ ޑީޕީޕީ ވިދިވިދިގެން އިންތިހާބު ކާމިޔާބު ކުރި ތިން ވަނަ ފަހަރެވެ. އުނދަގޫ ބޮޑު، ވަކިވެގަތުމަށް މަސައްކަތް ކުރާ ނުރައްކާތެރި މީހެއްގެ ގޮތުގައި ޗައިނާއިން ލައި ސިފަ ކުރެއެވެ.

ޓައިވާނުގެ 23 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނައިރު، ވޯޓުލުމުގެ ހައްގު ލިބޭ 19 މިލިއަން މީހުން އެބަތިއްބެވެ. އަދި މީގެތެރެއިން މިފަހަރުގެ ވޯޓުލާން ނުކުތީ 71 ޕަސެންޓު މީހުންނެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ލައި ވިދާޅުވީ ޓައިވާނުން އަނެއްކާ ވެސް ދުނިޔެ އަށް ދައްކައި މިދިނީ އެ ރައްޔިތުން ޑިމޮކްރަސީ އާއި މިނިވަން ކަމަށް އަހަމިއްޔަތު ދޭ މިންވަރު ކަމަށެވެ.

ލައި ރަސްމީކޮށް މަގާމާ ހަވާލުވެވަޑައި ގަންނަވާނީ އަންނަ މެއި މަހު އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-