-Advertisement-

-Advertisement-

ޗައިނާގެ އާބާދީ ދަށްވުން މިދިޔަ އަހަރު އަވަސްވެއްޖެ

ފޮޓޯ؛ ނިއުޔޯކް ޓައިމްސް

ޗައިނާގެ އާބާދީ އިތުވަމުންދާތާ 60 އަހަރު ފަހުން އާބާދީ ދަށްވާން ފަށައި މިދިޔަ އަހަރު އެ ނިސްބަތް އިތުރަށް ހަލުވިވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އާބާދީ އެންމެ ބޮޑު ގައުމުގެ ގޮތުގައި ޗައިނާ އެތައް އަހަރެއް ވަންދެން އޮތުމަށް ފަހު މިދިޔަ އަހަރު އިންޑިއާ އަށް އެ މަގާމު ވަނީ ލިބިފައިއެވެ. މި ދަށްވުމުގެ ސަބަބުން ޗައިނާ ސަރުކާރުން ދަނީ ދަރިން ހޯދުން އިތުރުކުރުމަށް ހިތްވަރުދީ، އެކަމާ ގުޅުން ހުރި އިނާޔަތްތައް ވެސް ތައާރަފްކުރަމުންނެވެ.

މިދިޔަ އަހަރުގެ ދަށްވުމަކީ 2022 ވަނަ އަހަރާ އަޅާބަލާއިރު ދެ ގުނަ ދަށް އަދަދެކެވެ.

މި އަދަދު 2022 ވަނަ އަހަރު ހުރީ 9.56 މިލިއަނުގަ އެވެ.

ޗައިނާއިން 1980 ގެ އަހަރުތަކުގައި، އާބާދީ އިތުރުވެ ނުރައްކާ ހާލަތަކަށް ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އޮތުމާއި އެކު ކޮންމެ ދެމަފިރިއަކު އެންމެ ކުއްޖެއް ހޯދުމުގެ ސިޔާސަތު 2016 ވަނަ އަހަރު އުވާލައި ތިން ކުދިން ހޯދުމުގެ ހުއްދަ 2021 ވަނަ އަހަރު ދޭން ފެށި އެވެ.

ޗައިނާގެ ގިނަ ބަޔަކު ބުނަނީ ވިހެއުމުގެ ނިސްބަތް ދަށްވާ ސަބަބަކީ ދިރިއުޅުމުގެ އަގު ބޮޑުވުމާއި، ވަޒީފާ އަދާކުރާ އަދި މަތީ ތައުލީމު ހާސިލްކުރާ އަންހެނުންގެ އަދަދު އިތުރުވުން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-