-Advertisement-

-Advertisement-

ބަންގްލަދޭޝްގެ އިދިކޮޅު އެކްޓިވިސްޓުން، ”އިންޑިއާ އައުޓް” ހަރަކާތެއް ފަށައިފި

ފޮޓޯ؛ ދަ ދިޕްލޮމެޓް

އިންޑިއާ އާއި އެންމެ ކައިރި އެއް އަވައްޓެރި ގައުމު ކަމަށްވާ ބަންގްލަދޭޝްގެ އިދިކޮޅު އެކްޓިވިސްޓުން އިންޑިއާގެ އުފެއްދުންތައް ބަންގްލަދޭޝްގައި ވިއްކުން މަނާކުރުމަށް ގޮވާލައި، “އިންޑިއާ އައުޓް” ހަރަކާތެއް ސޯޝަލް މީޑިއާގައި ފަށައިފިއެވެ.

މި ހަރަކާތް ފަށައިފައިވަނީ ބަންގްލަދޭޝްގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) އިން ކަމަށް، ސަރަހައްދީ ނޫސްތަކުން ރިޕޯޓުކުރެއެވެ.

ބީއެންޕީގެ އެކްޓިން ޗެއާޕާސަން ތާރީޤް ރަހްމާން މި ހަރަކާތް ފަށައިފައި ވަނީ، ރާއްޖޭގައި މިހާރުގެ ސަރުކާރު ޕީއެންސީ ކޯލިޝަނުން އޭރު ހިންގި، “އިންޑިއާ އައުޓް” ކެމްޕެއިން ނަކަލު ކޮށްގެން ކަމަށް އަޑު ފެތުރިފައި ވާކަމަށް ‘ދަ އުރޭޝިއަން ޓައިމްސް’ އިން ބުނެއެވެ.

އިންޑިއާއިން ސަރަހައްދީ ހަމަޖެހުން ނަގާލައި، ސަރަހައްދީ އިޤްތިސާދުގައި ވަކިހިތްޕާލައި، އަދި ވަކީން ހާއްސަކޮށް ބަންގްލަދޭޝްގެ މާކެޓްތަކުގެ އެހީގައި ބަންގްލަދޭޝް ސަރުކާރުން، އިންޑިއާ އިތުރަށް މުއްސަދި ކުރަމުންދާ ކަމަށް އިދިކޮޅު އެކްޓިވިސްޓުން ތުހުމަތުކުރެއެވެ.

“އިންޑިއާ އައުޓް” އަދި “ސްޓެޕްޑައުން ހަސީނާ” ހޭޝްޓެގް ދަނީ ބަންގްލަދޭޝްގެ ސޯޝަލް މީޑިޔާގައި ޓްރެންޑް ވަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-