-Advertisement-

-Advertisement-

ހަނގުރާމަ ހުއްޓާލަން ގޮވާލި ގަރާރު އެމެރިކާއިން އަނެއްކާވެސް ވީޓޯކޮށްފި

ފޮޓޯ: ބީބީސީ

އިސްރާއީލުން ޣައްޒާގައި ކުރަމުން ގެންދާ ހަނގުރާމައިގައި ބަދަލު ކުރެވުމުންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރެއް އަނެއްކާވެސް އެމެރިކާ އިން ވީޓޯ ކޮށްފިއެވެ.

އަލްޖަޒީރާ އިން އިސްވެ އޮވެ އަރަބި ގައުމުތަކުން މިއަދު އެ ގަރާރު ވޯޓަށް ހުށައަޅާފައިވާ އިރު، އިސްރާއީލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއިން ވަނީ އެ ގަރާރު ވީޓޯ ކުރާނެ ކަމަށް ކުރިންވެސް އިންޒާރު ދީފައެވެ.

އެ ގަރާރާ ދެކޮޅަށް ވޯޓު ދިން ގައުމަކީ ހަމައެކަނި އެމެރިކާއެވެ. އަދި އިނގިރޭސިވިލާތުން އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވާއިރު، ސަލާމަތީ މަޖިލީހުގެ ބާކީ 13 މެމްބަރުން ވަނީ ޣައްޒާގެ 29،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ހަނގުރާމަ ހުއްޓާލަން ގޮވާލާ ގަރާރާއި އެއްކޮޅަށް ވޯޓު ދީފައެވެ.

އދ ގެ ސަލާމަތީ މަޖިލީހުގެ ގަރާރެއް ފާސްވާނީ 15 މެމްބަރުންގެ ތެރެއިން މަދުވެގެން 9 މެމްބަރުންގެ ވޯޓު ލިބިގެންނެވެ. އަދި އޭގެ އިތުރުން މަޖިލީހުގެ ފަސް ދާއިމީ މެމްބަރުން ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ރަޝިއާ، ޗައިނާ އަދި ފްރާންސް އިން ގަރާރު ވީޓޯ ކޮށްގެން ނުވާނެއެވެ.

އެމެރިކާ އިން އިއްޔެ ބުނެފައިވަނީ ޣައްޒާގައި ބަދަލު ކުރެވެމުންދާ ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލުމަށާއި، އަދި ރަފަހް އަށް އެރުމާއި ދެކޮޅަށް އެމެރިކާއިން ގަރާރެއް އެކުލަވާލާފައިވާނެ ކަމަށެވެ. ނަމަވެސް އެ ގަރާރުގައި މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލަން ބުނެފައެއް ނުވެއެވެ.

މިއީ ޣައްޒާގައި ކުރެވެމުންދާ ހަނގުރާމަ ހުއްޓާލަން ގޮވާލާ ގަރާރެއް އެމެރިކާ އިން ވީޓޯ ކުރި ތިން ވަނަ ފަހަރެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-