-Advertisement-

-Advertisement-

އިސްރާއީލުން އަލްޖަޒީރާގެ ނޫސްވެރިޔަކު ހައްޔަރުކޮށްފި

ފޮޓޯ: ބީބީސީ

އިސްރާއީލު ސިފައިން ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުން އަލް ޖަޒީރާގެ ނޫސްވެރިޔާ އިސްމާއިލް އަލް ޣައުލް ހައްޔަރުކޮށް ވަރަށް ބޮޑަށްއަނިޔާކޮށްފިއެވެ.

ހައްޔަރު ކޮށްފައިވާ، އަލް ޣައުލް މަސައްކަތްކުރަމުންދިޔައީ އިސްރާއީލު ސިފައިން ޝިފާ ހޮސްޕިޓަލަށް ވަދެގަތް ވަގުތުގެ މަންޒަރުތައް ނަގައިކަވަރުކުރުމަށެވެ.

މަންޒަރު ދުށް މީހަކު އަލްޖަޒީރާގައި ވާހަކަ ދައްކަމުން ބުނީ

އިސްރާއީލުގެ ސިފައިން ޣައުލް ގެންދިޔައީ އަނިޔާކުރަމުން ދަމައިފައި ކަމަށާއި ހޮސްޕިޓަލްގައި އެ ވަގުތު ތިބި ނޫސްވެރިންގެ ވެހިކަލްތަކަށާއިއެހެނިހެން ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށެވެ.

ޣައުލްގެ އިތުރުން ފަލަސްތީނުގެ އިތުރު 80 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އަލް ޖަޒީރާއިން މިހާރުން މިހާރަށް ޣައުލް ދޫކޮށްލުމަށް ގޮވައިލާފައިވާއިރު, އިސްރާއީލު ސިފައިންގެ އެ އަމަލަކީ ޣައްޒާގައި މައުސޫމް އާންމުންނާ ދެކޮޅަށްއިސްރާއީލުން ހިންގާ ބިރުވެރި ލާއިންސާނީ ޖަރީމާތައް ރިޕޯޓް ނުކުރުމަށް ބުނެ، ނޫސްވެރިންނަށް ބިރުދެއްކުމުގެ އަމަލެއް ކަމަށް ވެސް އަލްޖަޒީރާއިން ނެރުނު ބަޔާނެއްގައިވެއެވެ.

ޣައުލް ހައްޔަރުކޮށްގެން ގެންދިއުމަކީ އަލް ޖަޒީރާއަށް އަމާޒުކޮށްދޭ ހަމަލާތަކެއްގެ ބައެއް ކަމަށާއި އެގޮތަށް ހަމަލާދިން ނޫސްވެރިންގެ ތެރޭގައިއަލްޖަޒީރާގެ ކުރީގެ ނޫސްވެރިޔާ ޝީރީން އަބޫ އަކްލޭއާއި ސަމީރު އަބޫ ދައްގާ އަދި ހަމްޒާ ދަހުދޫ ހިމެނޭ ކަމަށް އަލްޖަޒީރާއިން ބުނެއެވެ.

މީގެ އިތުރުން, ޣައްޒާގައި ހުންނަ އަލް ޖަޒީރާގެ އޮފީހަށް ބޮން އެޅުމަކީ ވެސް ސީދާ އަލް ޖަޒީރާއަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް އެ ނޫހުންބުނެއެވެ.

ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓުސް (ސީޕީޖޭ)އާއި އިންޓަނޭޝަނަލް ޕްރެސް އިންސްޓިޓިއުޓް (އައިޕީއައި)އިން ވެސް ވަނީ އަލްޣޫލް ހައްޔަރުކުރިމައްސަލަ ކުށްވެރިކޮށްފައެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ބުނީ ހޮސްޕިޓަލްގެ އެއް އިމާރާތަށް އިސްރާއީލު ސިފައިން ވަނީ މިސައިލެއް ވައްޓައިލައި ބަޑި ޖަހައިފައެވެ. ބަޑީގެހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކު މަރުވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތްވަނަ ދުވަހު ފެށި ޣައްޒާ ހަނގުރާމައިގައި މިހާތަނަށް ގާތްގަޑަކަށް 95 ނޫސްވެރިންނާއި މީޑިއާ މަސައްކަތްތެރިންޝަހީދުކޮށްލައިފައިވާ ކަމަށް ސީޕީޖޭއިން ބުނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-