ރަޝިއާގެ މޮސްކޯގައި ހުކުރު ދުވަހުގެ ރޭ ކޮންސަރޓަކަށް ހަމަލާދީ އެތައް ބަޔަލު މަރާލި ހާދިސާއާ ގުޅިގެން ހަމަލާ ދިނުމުގައި އެންމެ އިސްކޮށް ތިބި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.
މިހާދިސާގައި 131 އަށް ވުރެ ގިނަ މީހުން މަރުވެ، 140 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު، ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނެއެވެ.
މިކާމާއި ގުޅިގެން މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހަކީ އެ ހަމަލާގައި އެންމެ އިސްކޮށް ތިބި މީހުން ކަމަށާއި އެ މީހުން އަތުލައިގަތީ ޔުކްރޭނަށް ދާން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ރަޝިއާ ސަރުކާރުންގެ ފަރާތުން މައުލޫމާތު ލިބިފައިވެއެވެ.
ކޮންސަރޓަށް ދިން ހަމަލާގެ ޒިންމާ އައިއެސް އިން ނަގައިފައިވާއިރު އެމީހުންވަނީ ކޮންސާރޓް ތެރޭގައި ބަޑިން ހަމަލާދީ އެތައް ބަޔަލު މަރާލައި އެތައް ބަޔަކު ޒަހަމްކޮށްލާފައިއެވެ.
މިކޮންސާރޓް ބެލުމަށް 6،200 މީހުން އެ ހޯލަށް ވަދެ ތިއްބެވެ ހަތަރު މީހަކު ވެގެން ބަޑީގެ ހަމަލާތައް ދިނީ ބޭންޑެއް ސްޓޭޖަށް އަރަން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ.
މި ހަމަލާ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ރަޝިއާ އިން ސިފަކޮށްފައިވާ އިރު، ހަމަލާއާ ގުޅިގެން އެ ގައުމުގެ ރޭލު ސްޓޭޝަންތަކާއި އެއާޕޯޓުތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށްފައިވެ އެވެ.