-Advertisement-

-Advertisement-

ބޯޓަކުން ޖެހި އެމެރިކާގެ ބްރިޖެއް ވެއްޓި މުހިންމު ބަނދަރެއް ބަންދުވެއްޖެ

ކާގޯ ބޯޓެއް ޖެހި ބްރިޖް ވެއްޓިފައި.- ފޮޓޯ: އޭއެފްޕީ

މުދާ އަރުވައި ބަރާކޮށްފައި އޮތް ކާގޯ ބޯޓެއް އެމެރިކާގެ ބަލްޓިމޯގެ މުހިންމު ބްރިޖެއްގައި ޖެހި، އެ ބްރިޖް ވެއްޓުމުގެ ސަބަބުން އެ ގައުމުގެ އެންމެ ބާރުބޮޑު އެއް ބަނދަރު ބަންދުވެއްޖެ އެވެ.

ފްރަންސިސް ސްކޮޓް ކީ ބްރިޖް ވެއްޓުނީ ކާގޯ ބޯޓުގެ ކޮންޓްރޯލް ގެއްލުމުން އެ ކޮންޓްރޯލްކުރަން މަސައްކަތްކުރަމުން ދަނިކޮށް ބްރިޖްގެ ތަނބެއްގައި ޖެހުމުންނެވެ.

މި ހާދިސާގައި، އެ ވަގުތު ބްރިޖްގެ މަރާމާތެއް ކުރަން އުޅުނު ހަ މީހަކު ވަނީ ގެއްލިފައިއެވެ.

މެރީލޭންޑްގެ ގަވަރުނަރު ވެސް މޫ ވިދާޅުވީ މި ހާދިސާގައި ގެއްލުން ކުޑަކުރެވުނީ ބޯޓަށް މައްސަލައެއް ދިމާވެ ކޮންޓްރޯލް ގެއްލިފައިވާ ކަމުގެ ރިޕޯޓް ލިބުމާ އެކު، އެ ސަރަހައްދުގެ އިދާރާތަކު ބްރިޖުން ވެހިކަލްތައް ހުސްކޮށް އެތަން ބަންދުކުރުމުން ކަމަށެވެ.

ހާދިސާ ހިނގި މަންޒަރުގެ ވީޑިއޯއިން ފެންނަ ގޮތުގައި ކޮންޓްރޯލް ނުވެ ބާރު ސްޕީޑުގައި ދިޔަ ބޯޓު ބްރިޖްގެ ދަށުން ދިއުމުގެ ބަދަލުގައި ގޮސް ޖެހުނީ ސަޕޯޓްގެ ގޮތުގައި ޖަހާފައިވާ ތަނބުތަކުގެ ތެރެއިން ތަނބެއްގަ އެވެ.

އޭރު އެމެރިކާ ގަޑިން މެންދަމު 1:30 ޖަހައިފިއެވެ.

މި ހާދިސާގައި މީހުން ގެއްލުނު ސީދާ އަދަދެއް ކަށަވަރު ވެފައިނުވެއެވެ.

ވެރިރަށް ވޮޝިންޓަންގެ އުތުރުގައި އޮންނަ އެންމެ ބާރުބޮޑު އެއް ބަނދަރަށް ދެވެން އޮންނަ ކޯރުގައި ހަދާފައިވާ ބްރިޖް ވެއްޓުނު ހިސާބު ޑައިވަރުންނާއި ރެސްކިއު ޓީމުތަކުން އަންނަނީ ބަލަމުންނެވެ.

ބޯޓުގެ ވެރިފަރާތާ ހަވާލާދީ އޮފިޝަލުން ވިދާޅުވި ގޮތުގައި، ބޯޓު ކޮންޓްރޯލް ނުވުމުން އެންމެ ފަހު ވަގުތު ފަޅުވެރިން ވަނީ ނަގިލި ވެސް ވައްޓާލައިފަ އެވެ. އެކަމަކު ވެސް ބޯޓު ހުއްޓޭ ގޮތް ނުވެ ބްރިޖްގައި ޖެހުނީ އެވެ. — އޭއެފްޕީ

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-