1999 ވަނަ އަހަރުގެ ފަހުން ޓައިވާނަށް އައި އެންމެ ބާރުގަދަ ބިންހެލުން ރިޕޯޓްކޮށްފިއެވެ
އަލްޖަޒީރާގައި ބުނެފައިވަނީ މި ބިންހެލުން އައިސްފައިވަނީ ރެކްޓަރމިންގަނޑުން 7.5 މެގްނިޓިއުޑްގެ ބާރުމިނުގައި މިއަދު ހެނދުނު ކަމަށެވެ. ޓައިވާނުގެރަސްމީ ސެންޓްރަލް ނިއުސް އެޖެންސީން ސިފަކުރާ ގޮތުގައި މި ބިންހެލުމަކީ 1999 ވަނަ އަހަރު ފހު އެގައުމަށް އައި އެންމެ ބާރު ގަޑަ ބިންހެލުންކަމަށެވެ.
މި ބިންހެލުމާއި ގުޅިގެން މިހާތަނަށް 4 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވީނަމަވެސް، ވެއްޓުނު އިމާރާތްތަކުގެ ދަށުގައި އިތުރު ބަޔަކު މަރުވެފައިތިބެދާނެކަމަށް ޓައިވާނުގެ ކަމާއިބެހޭ ފަރާތްތަކާއި ހަވާލާދީ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އަދި މިހާތަނަށް 50 މީހަކު ޒަހަމްވެފައިވާކަމަށްއަލްޖަޒީރާގައި ވަނީ ރިޕޯޓްކޮށްފައެވެ.
ޓައިވާނުގެ ރައީސް ސައި އިންގް–ވެން ވިދާޅުވީ ބިންހެލުމާއި ގުޅިގެން މީހުންނާއި މުދާ ސަލާމަތްކޮށް، ރިކަވަރީ ކުރުމުގައި އެހީތެރިވުމަށް ސިފައިންހަރަކާތްތެރިވާނެ ކަމަށެވެ.
ޓައިވާނުގައި 26 އިމާރާތެއް ވެއްޓިފައިވާއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ އިމާރާތްތައް ވެއްޓިފައިވަނީ ހުއާލިއަން ކައުންޓީގައެވެ.