-Advertisement-

-Advertisement-

އިސްރާއީލުން ޣައްޒާ ސުންނާފަތި ކޮށްފި – އދ

އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް

އިސްރާއީލުން ވަނީ ހުއްޓުމެއްނެތި ޣައްޒާގެ އެތައް ބަޔަކު މަރައި ޣައްޒާ ސުންނާފަތިކޮށްފަކަމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްވިދާޅުވެއްޖެއެވެ.

ގުޓެރޭސް މިހެން ވިދާޅުވީ އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފެށިތާ 6 މަސް ވެގެން ދިއުމާއި ގުޅިގެން ދެއްވި ހިތޯބެއްގައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާ އަކާއި ގުޅިގެން ހުއްޓުމެއް ނެތި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 32000 އަށްވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތަކެއް ބަޔަކު ވަނީ ބޭސްފަރުވާ އާއި،ކާބޯތަކެއްޗަށްވެސް ޖެހިފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންގެންދާ އަނިޔާއަކީ އެއްވެސް ގޮތަކުން ބަލައިގަނެވޭނެ ކަމެއް ނޫންގުޓެރޭސް ވިދާޅުވިއެވެ.

ޣައްޒާގައި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުންވަނީ ހުސްވި ހަފްތާގައި ޣައްޒާގެ އުތުރުން ބެއިޓް ހަނޫން ބޯޑަރު ހުޅުވާލައި،އިސްރާއީލުގެ އަޝްދޮދް ކަނޑު ޕޯޓު ވަގުތީ ގޮތުން ބޭނުން ކުރަން ހުއްދަ ދީފައެވެ.

އިސްރާޢީލުން މި ހުއްދަ ދީފައި ވަނީ އިންސާނީ އެހީ ފޯރުކޮށްދޭނެ މަގެއް ނުދައްކައިފިނަމަ، އިސްރާއީލަށް އެމެރިކާއިން ވަމުންދާ އެހީތަކަށް ހުރަސްއަޅާނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވުމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-