މިދިޔަ އާދީއްތަ ދުވަހުގެ ވަރަށް ފަތިހުގެ ވަގުތެއްގައި ބޮލީވުޑްގެ ފިލްމީ ތަރި ސަލްމާން ޚާންގެ ގެއަށް ބަޑިން ހަމަލާތަކެއް ދިން މައްސަލައިގައި ތުހުމަތަށް ދެމީހަކު ހައްޔަރުކޮށްފި އެވެ.
މުމްބާއީގެ ފުލުހުން އެ ދެ މީހުން ރޭ ހައްޔަރުކުރީ ގުޖްތާރުގެ ބޫޖުއިންނެވެ.
މި ދެ ފިރިހެނުން ހައްޔަރުކުމުގެ ކުރިން އެ މީހުން ހަމަލާ ދިނަށް ހަރަކާތްތެރިވުމުގެ ތެރޭގައި ސަލްމާންގެ ގެލެކްސީ އެޕާޓްމަންޓް ހިސާބުގަނޑުގައިހަރަކާތްތެރިވި މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުން އެ މީހުންގެ މަންޒަރުތަކެއް ސްކްރީންޝޮޓްތަކެއް ވެސް ފުލުހުން ވަނީ އާންމު ކޮށްފައި އެވެ.
އެ ދެ މީހުން ބަޑިން ގެލެކްސީ އެޕާޓްމަންޓް ހަމަލާތަކެއް ދިނުމަށް ފަހު ސައިކަލެއްގައި ވަނީ ފިލައިފަ އެވެ. އަދި އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކީ ފުލުހުންތަހުގީގު، ފަށައި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފެށި އެވެ.
ސަލްމާންގެ ގެއަށް ދިން ހަމަލާއާ ގުޅިގެން މީގެ ކުރިން ވެސް އޭނަ އާއި އާއިލާ އަށް މަރުގެ އިންޒާރުތަކެއް ދީފައިވާ އަދި ޖަލުގައި އޮތް ގޭންގްސްޓާރު ލޯރެންސްބިޝޯނީގެ ކޮއްކޮ އައްމޯލް ބިޝޯނީ ވަނީ ހަމަލާގެ ފަހަތުގައި ހުރީ އޭނަ ކަމަށް ބުނެފަ އެވެ.
ނަމަވެސް މި ހާދިސާ އަކީ “ޕަބްލިސިޓީ ސްޓަންޓެއް” ކަމަށް ބުނެ ބައެއް މީޑިއާތަކުން ތަފާތު ވާހަކަތައް ފަތުރައި. ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުންދާތީސަލްމާންގެ ކޮއްކޮ އަރްބާޒް ޚާން ރޭ އިންސްޓަގްރާމްގައި އާއިލާގެ ފަރާތުން ބަޔާނެއް ވެސް ނެރެފައިވެ އެވެ.
ފާއިތުވި ދެ އަހަރުން ފެށިގެން ސަލްމާނަށް ދަނީ މަރުގެ އިންޒާރުތަކެއް ލިބެމުންނެވެ. މިކަމާ ގުޅިގެން އެތައް ފަހަރެއްގެ މަތިން އޭނަގެ ސެކިއުރިޓީ ފުލުހންވަރުގަދަކޮށްފައިވެ އެވެ.