އިރާނުން ދިން ހަމަލާގެ ޒިންމާ ނަގަންޖެހޭނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް ތުރުކީގެ ރައީސް ނަޖީބް ތައްޔިބް އުރުދުގާންވިދާޅުވެއްޖެއެވެ.
އުރުދުގާން މިހެން ވިދާޅުވީ އެގައުމުގެ ޓީވީ މެދުވެރިކޮށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
އުރުދުގާން ވިދާޅުވީ އާދީއްތަ ދުވަހު މުޅި މެދުއިރުމަތި ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއިއޭނާގެ ނާގާބިލް ސަރުކާރުންކަމަށެވެ.
އިޒްރޭލަށް ފާޑުވިދާޅުވުމަށްފަހު އުރުދުގާން ވަނީ މި ހުރިހާ ދުވަހު އިޒްރޭލުން ހިންގަމުން ގެންދިޔަ އިންސާނިއްޔަތާ ހިލާފު އަމަލުތަކަށް ބީރުކަންފަތެއްދިނުމަށްފަހު އިރާނުން ހަމަލާ ދިނުމުން ކަންބޮޑުވި މީހުން ކުށްވެރި ކުރަންވީ ނަތަންޔާހޫ ކަމަށްވެސް ވިދާޅުވެފައެވެ.