އީރާނުން އިސްރާއީލަށް ދޭ ހަމަލާތަކާ ގުޅިގެން ބައިނަލްއަގްވާމީ ގިނަ އެއާލައިންތަކަކުން އެގައުމަށް ކުރާ ދަތުރުތައް ކެންސަލް ކޮށްފިއެވެ
އިސްރާއީލް ހަޔޯމް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނެދަލޭންޑްސްގެ ރޯޔަލް ޑަޗް އެއާލައިންސް (ކޭއެލްއެމް)އިން އިސްރާއީލަށް ކުރާ ދަތުރުތައްކެންސަލް ކުރިކަން އިއުލާން ކޮށްފައިވާއިރު، ޖަރުމަނުވިލާތުގެ އެއާލައިން ގްރޫޕް، ލުފްތަންސާ ވެސް އިސްރާއީލަށް ކުރާ ދަތުރުތައް ކެންސަލްކުރިކަންވަނީ އިއުލާނުކޮށްފައެވެ.
އަންގާރަ ދުވަހު އިނގިރޭސި ބަޖެޓް އެއާލައިން އީޒީޖެޓުންވެސް ވަނީ ތެލްއަވީވަށް ދަތުރު ކުރާ ހުރިހާ ފްލައިޓެއް ހަ މަސް ދުވަހަށް މެދުކަނޑާލަންނިންމައި އެކަން އިއުލާންކޮށްފައެވެ.
ދިމިޝްގުގައި ހުންނަ އީރާނުގެ އެމްބަސީއަށް އިސްރާއީލުން މި މަހުގެ ކުރީކޮޅު ދިން މިސައިލް ހަމަލާގެ ރައްދުގައި އިރާނުން ވަނީ އެތައް ސަތޭކަމިސައިލެއް އިސްރާއީލަށް ފޮނުވައިލައިފައެވެ.