-Advertisement-

-Advertisement-

‎ޚާން ޔޫނިސްގެ ހޮސްޕިޓަލަކުން 200 އެއްހާ ގަބުރު ފެނިއްޖެ

ޖަބަލިއާ ރެފިއުޖީ ކޭމްޕް – ފޮޓޯ: ރޮއިޓާސް

ޣައްޒާގެ ހާން ޔޫނިސްގައި ހުންނަ އަލް ނަސީރު ހޮސްޕިޓަލް ތެރެއިން ގާތްގަނޑަކަށް 200 އެއްހާ ގަބުރު ފެނިއްޖެއެވެ.

ފަލަސްތީނުގެ ސިވިލް ޑިފެންސް ކްރޫއިން ހޯދައިފައިވާ އެ ގަބުރުތައް ފެނިފައި ވަނީ ޣައްޒާގެ ދެކުނުގައި ތިބި އިސްރާއީލުން ސިފައިން މި މަހުގެ ހަތްވަނަ ދުވަހު އެ ސިޓީން ފޭބުމުން ހޮސްޕިޓަލްތަކާއި އެ ނޫން ވެސް ތަންތަން ބަލައި ފާސްކުރަނިކޮށެވެ.

މި ހަފުތާގެ ކުރީކޮޅު ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، އަލް ޝިފާ ވަނީ ގިނަ އަދަދެއްގެ ގަބުރު ފެނިފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް34،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.

ޝަހީދުކޮށްލި މީހުންގެ ތެރެއިން މަދުވެގެން ދެބައިކުޅަ އެއްބައި މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ކާބޯތަކެއްޗާއި، ސާފު ބޯފެން އަދި ބޭސްފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާނެ ސާމާނުވެސްނުލިބިތިބިއިރު، ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުން ވަނީ އެ މީހުންގެ އަމިއްލަ ގެދޮރު ގެއްލިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-