-Advertisement-

-Advertisement-

ސްލޮވާކިއާގެ ބޮޑުވަޒީރަށް ފުރާނައަށް ނުރައްކާވާ ފަދަ ބަޑީގެ ހަމަލާއެއް ދީފި

ީކޯގެ ހަށިކޮޅަށް ވަނީ ވަޒަންތަކެއް އަރައިފައި

ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބާޓް ފީކޯއަށް ބަޑީގެ ހަމަލާއެއްދީ ޒަހަމްކޮށްލައިފިއެވެ.

ސްލޮވާކިއާގެ މީޑިއާއަކުން ހާމަކުރިގޮތުގައި މި ހާދިސާ ހިނގީ އެ ޤައުމުގެ ވެރިރަށް ބްރަޓިސްލާވާއާ 93 މޭލު ދުރުގައި އޮންނަ ހާންޑްލޯވާގައެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ވަގުތު ފީކޯ އުޅުއްވީ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމުގެ މަސައްކަތުގައެވެ.

ފީކޯގެ ސޯޝަލް މީޑިއާ ޕޭޖުގައި އާންމުކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން ފީކޯގެ ހަށިކޮޅަށް ވަނީ ވަޒަންތަކެއް އަރައިފައެވެ. އަދި ފުރާނައަށް ނުރައްކާވާ ވަރަށް ހާލު ވަނީ ސީރިއަސްވެފައިކަމަށް ވެސް އެ ޕޯސްޓްގައި ވެއެވެ.

ފީކޯއަށް ހަމަލާދިންކަމަށް ބެލެވޭ މީހާ ގިނަ އިރުތަކެއް ނުވެ އެ ސަރަކައްދުން ހައްޔަރުކުރެވިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-