-Advertisement-

-Advertisement-

އީރާނުގައި ޝައިޠާނާއަށް އަޅުކަންކުރުން ޕްރޮމޯޓްކުރި 250 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

އީރާނުގެ ވެރިރަށް ތެހެރާންގައި ޝައިޠާނާއަށް އަޅުކަންކުރުން ޕްރޮމޯޓްކުރިކަމުގެ ތުހުމަތުގައި 3 ބިދޭސީންނާއެކު 250 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށް އީރާނުގެ ފުލުހުން ބުނެފިއެވެ.

ހުކުރުދުވަހު އިރާނުގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “ފާޙިޝް އަދި ނޭދެވޭ ހާލަތެއްގައި ތިބި އަދި ހެދުމާއި ބޮލާއި މޫނުގައި ޝައިތާނީ ޝިޔާރުތަކާއި ނިޝާންތައް ޖަހާފައިވާ” 146 ފިރިހެނުންނާއި 115 އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ތެހެރާންގެ ހުޅަނގުގައި އޮންނަ ޝަހްރިއާރު ސިޓީގައި ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ޔޫރަޕްގެ ތިން ރައްޔިތަކު ވެސް ހައްޔަރުކޮށްފައި ވެއެވެ. މި އޮޕަރޭޝަނުގައި ޝައިޠާނީ ނިޝާންތަކާއި، މަސްތުވާތަކެތީގެ ބާވަތްތަކާއި، ސައިކޮޓްރޮޕިކް މާއްދާތަކުގެ އިތުރުން 73 އުޅަނދެއް އަތުލައިގެންފައިވާ ކަމަށްވެސް ފުލުހުންގެ ރިޕޯޓްކޮށްފައިވެއެވެ.

އިރާނުގައި މީގެ ކުރިންވެސް މިފަދައިން  ޝައިތާނާއަށް އަޅުކަންކުރާކަމުގެ ތުހުމަތުގައި މީހުން ހައްޔަރުކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-