-Advertisement-

-Advertisement-

ޢުމްރާ ވިސާގައި ޙައްޖެއް ނުކުރެވޭނެ: ސަޢޫދީ ޙައްޖު މިނިސްޓްރީ

ސަޢޫދީ ޢަރަބިއްޔާގައި މިވަގުތު ޢުމްރާ ވިސާގައި ތިބި ފަރާތްތަކަށް, އެ ވިސާގެ ދަށުން ޙައްޖު އަދާނުކުރެވޭނެކަމަށް ސަޢޫދީ އަރަބިއްޔާގެ ޙައްޖު މިނިސްޓްރީން އަންގައިފިއެވެ.

ހޮނިހިރު ދުވަހު ސަޢޫދީ ޙައްޖު މިނިސްޓްރީން ނެރުނު ބަޔާނުގައި, މިވަގުތު  ޢުމްރާ ވިސާގެ ދަށުން ސަޢޫދީގައި ތިބި ފަރާތްތައް އެ ވިސާގައި ވާގޮތަށް ތިންމަހުގެ މުއްދަތު ހަމަވުމުގެ ކުރިން އެޤައުމުން, އަދި ވަކީން ޚާއްސަކޮށް މައްކާއިން ފުރުމަށް އެ މިނިސްޓްރީން ވަނީ ބާރު އަޅާފައިވެއެވެ.

މީގެ އިތުރުން ޙައްޖުކުރުމުގެ ހުއްދަ ނުވަތަ ޙައްޖު ވިސާއާއި ނުލައި ޙައްޖުކުރާ ފަރާތްތަކާއި, އަދި އެ ފަރާތްތަށް ޙައްޖުގެ ބިންތަކަށް ގެންދިޔުމަށް އެހީތެރިވާ ބަސް ޑްރައިވަރުންނަށްވެސް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާނެކަމަށް އެ މިނިސްޓްރީން ވަނީ އިންޒާރު ދީފައެވެ. ހުއްދައަކާއި ނުލައި ޙައްޖު ކޮށްފިނަމަ އެކަމުގެ ޖޫރިމަނާއަކީ 10,000 ރިޔާލެވެ. އަދި ބަސް ޑްރައިވަރުން މި ޖޫރިމަނާގެ އިތުރުން އެޤައުމުން ވަކި މުއްދަތަކަށް ޑީޕޯޓް ކޮށްލާނެކަމަށްވެސް އިންޒާރު ދީފައިވެއެވެ.

މި އަހަރުގެ ޙައްޖު މޫސުން ފެށެނީ ޖޫން މަހުގެ 14 ވަނަ ދުވަހުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-