އިރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި އޭގެ ދަތުރުކުރި އެންމެން އަވަހާރަވީއިރު އޭގެ ތެރޭގައި ހިމެނިވަޑައިގެން އެ ޤައުމުގެ ދާޚިލީ ވަޒީރު އާމިރު ޢަބްދުއްاللهޔަން ގެ ބަދަލުގައި އެ މަޤާމަށް އެ ވުޒާރާގެ ނައިބު ވަޒީރު އަލީ ބަޤެރީ ކާނީ އައްޔަން ކުރުމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.
އީރާނުގެ މީޑިޔާއެއްކަމަށްވާ އީރާން އޮބްޒާވަރ ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، އީރާނުގެ ޚާރިޖީ ވަޒީރު އާމިރު އަވަހާރަވުމާ އެކު ވަގުތުން އެކަމުގެ ނޭދެވޭ އަސަރު އެ ގައުމަށް ކުރަން ފަށާނެ ކަމަށެވެ.
ވުމާއެކު އެ ޤައުމުގެ ޚާރިޖީ ޤާނޫނުގެ އިސްތިޢުމާރީ ބޭފުޅަކު އެ މަޤާމަށް އައްޔަން ކުރަން ޖެހޭ ކަމަށް ބުނެ އެ ޕޯސްޓްގައި ވަނީ، އެ މަގާމަށް އައްޔަން ކުރުމަށް މަޝްވަރާ ކުރެވޭ ނަންތަކުގެ ތެރޭގައި އަލީ ބަޤެރީ ކާނީގެ ނަން ހިމެނި ވަޑައިގަންނަވާ ކަމަށެވެ.
އަލީ ބަޤެރީ ކާނީއަކީ މިވަގުތު އީރާނުގެ ޚާރިޖީ ވުޒާރާގެ ޕޮލިޓިކަލް ނައިބު ވަޒީރުކަން އަދާކުރައްވަމުން އަންނަ ބޭފުޅާއެވެ.