މައްކާގައި ސޯޝަލް މީޑިއާ މެދުވެރިކޮށް އޮޅުވާލައިގެން ޙައްޖަށް މީހުން ގެންދިޔުމަށް ކެމްޕެއިން ކުރިކަމުގެ ތުހުމަތުގައި މިސްރުގެ ރައްޔިތަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
އަންގާރަ ދުވަހު ފުލުހުން ހާމަކުރިގޮތުގައި, މި ކެމްޕެއިނުގައި މީހުންނަށް އޮޅުވާލުމުގެ ގޮތުން ޙައްޖުވެރިންގެ ދަތުރުގެ އެންމެހާ ކަންތަަައްތަކު އިންތިޒާމު ކޮށްދިނުމުގެ އިތުރުން ޙައްޖު ވިސާ ނޫން އެހެނިހެން ވިސާ އޮންނަ ފަރާތްތަކަށް ޙައްޖު އަދާކުރެވޭނެ ގޮތްތައް ހުށަހަޅާފައިވާކަމުގައެވެ. މިފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
މި ކަމާއި ގުޅިގެން ސަޢޫދީ ޙައްޖު މިނިސްޓްރީން ނެރުނު ބަޔާނުގައި, މި ފަދަ ކެމްޕެއިން ތަކާމެދު ސަމާލުވުމަށް ގޮވާލަމުން ހާމަކޮށްފައިވަނީ ޙައްޖުގެ އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތަކުން ސަޢޫދީގެ ކަމާއިބެހޭ އިދާރާތަކުން ޙައްޖު ވިސާ ހޯދުމަށް ނުވަތަ “ނުސުކް” ޕްލެޓްފޯމް މެދުވެރިކޮށް ވިސާ ހޯދުމަށް އަންގާފައިވެއެވެ.
އެންމެހާ ފަރާތްތަކުން ޙައްޖުގެ ޤަވާއިދުތަކާއި އިރުޝާދުތަކަށް ބޯލެނބުމަށާއި، މިއާ ޚިލާފުވާ ފަރާތްތައް ކަމާއިބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް ސަޢޫދީގެ ޙައްޖު މިނިސްޓްރީންނާއި ފުލުހުން އިލްތިމާސްކުރެއެވެ.