އިންޑިއާގައި ކުޅޭ ދުނިޔޭގެ އެންމެ އަގު ބޮޑު ކުރިކެޓް މުބާރާތް އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް)، މަޝްއޫރު ފިލްމީތަރި ޝާހްރުކް ޚާންގެ ޓީމް ކޮލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އިން ކާމިޔާބު ކޮއްފިއެވެ.
މި އަހަރު މާރޗް 22 އިން 26 މޭގެ ނިޔަލަށް ކުޅުނު އައިޕީއެލްގެ 17 ވަނަ މުބާރާތުގައި ކޮލްކަތާ ނައިޓް ރައިޑާސް އިން ފައިނަލްގައި ސަންރައިޒަރސް ހައިދަރަބާދާއި ވާދަކޮށް ތަށި ކާމިޔާބު ކޮއްފައިވަނީ ފަސޭހަކަމާއި އެކުގައިއެވެ.
ސަންރައިޒަރސް ހައިދަރަބާދާ ފުރަތަމަ ކުޅެން އަރާ 18.3 އޯވަރުން ހެދުނީ 113 ލަނޑެވެ. ޖަވާބުގައި ކޮލްކަތާ ނައިޓް ރައިޑާސް ކުޅެން އަރާ ވަނީ 10.3 އޯވަރުން 114 ލަނޑު ހަދާއި މެޗް ކާމިޔާބު ކޮއްފައެވެ.
އިންޑިއަން ޕްރިމިއާ ލީގަކީ ދުނިޔޭގެ މައްޝޫރު އެތައް ކުޅުންތެރުންތަކާކާއި އެކު ކޮންމެ އަހަރަކު އިންޑިއާގައި ބައްވާ އެންމެ މަގުބޫލް ޓީ20 ކުރިކެޓް މުބާރާތެވެ.