-Advertisement-

-Advertisement-

އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ ހަމަލާތަކާއި ގުޅޭ ގޮތުން ޚަމަނާއީ ދެއްކެވި ވާހަކަތަކަށް ފަލަސްތީނުން ފާޑުކިޔައިފި

އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ ހަމަލާތަކާއި ގުޅޭ ގޮތުން އީރާނުގެ ސުޕްރީމް ލީޑަރު އަލީ ޚަމަނާއީ ދެއްކެވި ވާހަކަތަކަށް ފަލަސްތީނުގެ ރިޔާސަތުން ފާޑުކިޔައިފި އެވެ.

ހޯމަ ދުވަހު އިރާނުގެ ޚަމަނާއީ ވިދާޅުވީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ހަމަލާއަކީ މެދުއިރުމަތީގައި އެމެރިކާގެ ރޭވުންތައް ނާކާމިޔާބު ކޮށްލުމަށް ކޮންމެހެން މުހިންމު ހަމަލާއެއް ކަމަށެވެ. އޭނާ ވިދާޅުވީ މިހަމަލާގެ ސަބަބުން މެދުއިރުމަތީގެ ސިޔާސަތާއި އިގްތިސާދުގެ ފުރިހަމަ ބާރު އިސްރާއީލަށް ހޯދައިދިނުމުގެ މަގުސަދުގައި އެމެރިކާއިން ރޭވި ރޭވުމެއް ނާކާމިޔާބުވި ކަމަށެވެ.

މިބަސްތަކާއި ގުޅިގެން ފަލަސްތީނުގެ ރިޔާސަތުން ބުނެފައިވަނީ މިފަދަ ވާހަކަތަކުގެ މަޤްޞަދަކީ “ފަލަސްތީނުގެ ލޭ ޤުރުބާންކުރުން” ކަމަށާއި އެއީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް މަގުފަހިވާނެ ކަމެއް ނޫން ކަމަށެވެ.

ހަމާސްއިން އޮކްޓޯބަރު މަހު އިސްރާއީލަށް ދިން ހަމަލާއާ ގުޅިގެން އިސްރާއީލާއި ތެހެރާނުގެ ތާއީދު އޮންނަ ހަމާސްއާ ދެމެދު ހަނގުރާމަ ފެށިފަހުން މެދުއިރުމަތީގައި ފިތުނަތައް ވަނީ އިތުރުވެފަ އެވެ.

އޮކްޓޯބަރ ހަތް ވަނަ ދުވަހުގެ ފަހުން އިޒްރާއިލުން ފަލަސްތީނުގައި ކެނޑިނޭޅި ދެމުންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ފަލަސްތީނުގެ 36,000 އަށްވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-