-Advertisement-

-Advertisement-

ގުދުސްގައި ބޭއްވި ޔަހޫދީންގެ އެއްވުމެއްގައި ފަލަސްތީނުގެ ނޫސްވެރިޔަކަށް ހަމަލާދީފި

ހިގާލުމުގެ ބައިވެރިން ފަލަސްތީނުގެ ނޫސްވެރިޔާއަށް ހަމަލާދެނީ

“ގުދުސް ދުވަސް” ފާހަނގަކުރުމަށް އެރަށުގައި ޔަހޫދީ ޖަމާއަތަކުން ބޭއްވި ހިނގާލުމެއްގައި ފަލަސްތީނުގެ ނޫސްވެރިޔަކަށް ހަމަލާދީފިއެވެ.

ބުދަ ދުވަހު އިޒްރާއިލުން ގުދުސްގެ އިރުމަތީ ފަޅި ހިފި ދުވަސް ފާހަނގަ ކުރުމަށް ބޭއްވި މިހިގާލުމުގައި ހަމަލާ ދީފައިވަނީ އެ އެއްވުން ކަވަރ ކުރަން އުޅުނު ފަލަސްތީނުގެ ފްރީލާންސް ނޫސްވެރިޔާ ސައިފް ކުވާސްމީއެވެ. އޭނާގެ ގައިގައި ތަޅައި ވަރަށް ބޮޑަށް އަނިޔާކުރާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯ ތަކެއް މިހާރު ސޯޝަލް މީޑިއާގައި ފެތުރެމުން އެބަދެއެވެ.

ހައްދުފަހަނައަޅައިފައިވާ ޔަހޫދީންގެ މިޖަމާއަތުގައި މިހާރުގެ އިޒްރާއިލުގެ ސަރުކާރުގެ ބައެއް މިނިސްޓަރުންވެސް ހިމެނޭކަން ފާހަނގަކޮށްލެވެވެ. އެ އެއްވުންތަކުގައި އެމީހުންވަނީ މުސްލިމުންދާ ސަރަހައްދުތައް އަންދާލާނެ ކަމަށް އިންޒާރުދީ އިސްލާމްދީނުގެ އެންމެ ފަހުގެ ނަބިއްޔާއަށް ހަޑިހުތުރު ބަހުން އެއްޗެހި ގޮވާފައެވެ,

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުދަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރާއިލުން ޣައްޒާގައި ދެމުންދާ ހަމަލާތައް ފެށުނު ފަހުން ފަލަސްތީނުގެ 36،586 މީހުން ވަނީ މަރުވެފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-